Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 12:41
އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެސްޓީއޯ
އެސްޓީއޯ
މިއަހަރު ތެރޭގައި މެޑިކަލް ވެއަރ ހައުސް އެއް އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: އެސްޓީއޯ
އެސްޓީއޯއިން މިހާރު ރާއްޖޭގައި 187 ފާމަސީއެއް ހިންގަމުންދޭ
މިހާރު ވެއަރ ހައުސްގައި ޖާގަ ހުރި ގޮތުން ބޭސް އެތެރެކޮށް އެ ޕެކް ކޮށް ބެހުމަށް ވަގުތުނަގާ ކަމަށް އަމްރު ވިދާޅުވި

ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ގެނެސް ރައްކާކޮށް ރަނގަޅުގޮތަށް ޕެކްކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޑިސްޓްރިބިޔުޓް ކުރެވޭނެ ވަރުގެ ވެއަރ ހައުސްއެއް މިއަހަރު ތެރޭގައި އަޅަން ރާވާފައިވާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ފާއިތުވި ތިން މަސްދުވަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ކުރުމަށް ރާވާފައިހުރި ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ އެސްޓީއޯއިން މިހާރު ރާއްޖޭގައި 187 ފާމަސީއެއް ހިންގަމުންދާ ކަމަށެވެ. މުޅި ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް އިމްޕޯޓްކޮށް އެބޭސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ގެންދާކަމަށް އަމްރު ވިދާޅުވި އެވެ.

Advertisement

އެހެންކަމުން ހުރިހާ ރަށަކަށް ބޭނުންވާ ބޭސް ބަރާބަރަށް ފޯރުކޮށްދީ ކޮންމެ ގަޑިއެއްގައިވެސް ކޮންމެ ރަށަކުންވެސް ބޭސް ހުސްނުވެ ލިބޭނެ ގޮތަށް ހުރުމަކީ އެސްޓީއޯގެ އަމާޒުކަމަށް އަމްރު ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ވެއަރ ހައުސްގައި ޖާގަ ހުރި ގޮތުން ބޭސް އެތެރެކޮށް އެ ޕެކް ކޮށް ބެހުމަށް ވަގުތުނަގާ ކަމަށް އަމްރު ވިދާޅުވިއެވެ.

މެޑިކަލް ވެއަރ ހައުސް އަޅަން ޖެހެނީ މިހާރު ވައިގެ މަގުން ސްޓްކޮ މިލެބެނީ. މިގެނެސް މިވައްދަނީ އެކި ތަންތާންގައި ހުންނަ ވެއަރ ހައުސްތަކަށް. އެހެންކަމުން މިއެއްޗިސްހޯދައިގެން ޕެކް ކޮށްގެން މިފޮނުވަނީ. މިއެއްޗެހި ކުލިއަރކޮށްގެން ގެނެސް ޕެކްކޮށް ރަށްރަށަށް ފޮނުވުމަށް ބޮޑު އޮޕަރޭޝަނެއް މިއީ. އެހެންވީމާ ޒަމާނަށް ފެތޭގޮތަށް މިކަން ނުކޮށްފިނަމަ މިކަން ފޯރުކޮށް ނުދެވޭނެ. މިހާރު ހަތް ދުވަސް ނުވަ ދުވަސް ނަގާނެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު

އަމްރު ވިދާޅުވީ އޮޓަމޭޝަން ޕްރޮސެސް ގެނެސްގެން މިކަން ކުރާނަމަ އެގެންނަތަނުން ޕެކްކޮށްގެން އެކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް