Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 12:48
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު
ކައުންސިލްތަކުގެ އިންތިހާބުގައި 269،562 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ: އިލެކްޝަންސް
ވޯޓްލުމުގެ ހައްގު: 269،562 މީހުންނަށް
ވޯޓު ފޮށީގެ އަދަދު: 538، ގިނަ ވެގެން 560 ވޯޓު ފޮށި
އިންތިހާބުގައި 6،500 އޮފޮޝަލުން، އިންތިހާބު ބާއްވާ ދުވަހު 7000 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެ
50،000 ނަތީޖާ ޝީޓް ތައްޔާރު ކުރެވޭނެ

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަނާދެމެދު ބުރާސްފަތި ދުވަހު ވަނީ އަހުދުނާމާއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް އެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު އެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ ގައުމީ އިދާރާގައި ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، އަންދާޒާކުރަނީ 538 ވޯޓު ފޮށި، ނުވަތަ ގާތްގަނޑަކަށް 560 ވަރަކަށް ވޯޓު ފޮށި ބެހެއްޓޭނެ ކަމަށެވެ.

"އެ ހުރިހާ ވޯޓު ފޮށިތަށް ބަލެއްޓުމާއި އިންތިހާބުގެ އެކިއެކި ކަންކަމަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ 6500 އޮފިޝަލުން. މި 6500 އޮފިޝަލުންނަކީ ގާތްގަޑަކަށް މިއިންތިހާބުގައި ނަތީޖާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ހަދާ 50،000 ނަތީޖާ ޝޯޓް ފުރާނެ، އަދި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް. 6500 އޮފިޝަލުންގެ އިތުރުން އަޅުގަނޑުމެންގެ ފޯކަލް ޕޮއިންޓުންނާއި އިންތިހާބުގެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް 7000 އެއްހާ ބޭފުޅުން އިންތިހާބުގެ ކަންތައްތައް އިންތިޒާމު ކުރުމުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވަމުންދާނެ،"
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް

އަކްރަމް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 6500 އޮފިޝަލުން ހޯދުމަށް އިއުލާން ކޮށްފައިވާނެ ކަމަށާއި، އެ އިއުލާނާއެކު ސަރުކާރުގެ އޮފީސްތަކަށާއި ދައުލަތުގެ އެކި މުއައްސަސާތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް އޮފިޝަލުން ހޯދުމަށް އެއްބާރުލުން ދިނުމަށް ސިޓީއެއް ފޮނުވޭނެ ކަމަށެވެ. އަކްރަމް ވިދާޅުވީ ސިވިލް ސާރވިސް ކޮމިޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އޮފިޝަލުން ހޯދުމަށް އެކޮމިޝަނާއެކު ކުރެވޭ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ.

"މާލޭގައި 169 ވޯޓު ފޮށި ބަހައްޓާއިރު، މިއީ އަޅުގަނޑުމެންނަށް އެންމެބޮޑަށް އޮފިޝަލުން ހޯދުމަށް ދަތިވާނެ ތަނަކީ. އަތޮޅުތަކުގައި ވޯޓު ފޮށި ބެހެއްޓުމާއި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާއިރު އެތަންތަނަށް އޮފިޝަލުން ހޯދުމަކީ އެއްވެސް އިރެއްގައި އެހާ ދަތިކަމެއް ނޫން،"
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް

ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާތަނަށް ތިން އިންތިހާބެއް ބާއްވާފައިވާއިރު، އެެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއް ބޭއްވާފައިވަނީ 5 ފެބްރުއަރީ 2011 ގަ އެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ ހަތަރު ވަނަ އިންތިހާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިހާބަކަށް ވާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެވި، އަދި މާލީ ބާރުވެރިކަން ގާނޫނުގެ ދަށުން ފޯރުކޮށްދެވިފައިވާއިރު، ކައުންސިލްތަކުގެ ދައުރުވެސް ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނެސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް