Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 12:11
އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އުލިގަން ޔޮޓް މަހާސިންތާގެ ތެރެއިން
އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އުލިގަން ޔޮޓް މަހާސިންތާގެ ތެރެއިން
ކަސްޓަމްސް
އުލިގަން ޔޮޓް މަހާސިންތާ
އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރުމަށް އުލިގަން ޔޮޓް މަހާސިންތާ ފަށައިފި
މިމަހާސިންތާގައި ކަމާބެހޭ ފަރާތްތަކުން ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައި
އުލިގަމަށް ޔޮޓު އައުން އިތުރުވާނެ މަގު މިސަރުކާރުގައި ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެ ވަޑައިގަންފައި

ހއ އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރުމަށް އުލިގަން ޔޮޓް މަހާސިންތާއެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިމަހާސިންތާ ކުރިޔަށްދަނީ ކަސްޓަމްސް ބިލްޑިންގ އެވެ. މިމަހާސިންތާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޕްރެޒެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި ޕޯރޓް ހެލްތު އަދި ޓްރާންސްޕޯޓް އޮތޯރިޓީންވެސް ޕްރެޒެންޓޭޝަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން- އެމް.އައި.ޓީ.ޑީ.ސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓު އަދި ރިއަލް ސީ ހޯކްސް އިންވެސް ޕްރެޒެންޓޭޝަން ދިނުމަށް ވަނީ ހަމެޖެހިފަ އެވެ.

Advertisement

މި މަހާސިންތާގައި ސުވާލާ ޖަވާބު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ގްރޫޕްތަކުން ގްރޫޕް ޕްރެޒެންޓޭޝަންވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އުލިގަން ޔޮޓް މަހާސިންތާގެ ތެރެއިން

މަހާސިންތާ ނިންމުމުގެ ގޮތުން ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވާނެ އެވެ.

ގިނަ އަދަދެއްގެ ޔޮޓް ފަހަރު ކުރިން ބަނދަރު ކުރަމުން އައި ހއ. އުލިގަމަށް ޔޮޓް އައުން ސަރުކާރުގެ ގަވައިދުތަކާއި އުސޫލުތަކުގެ ސަބަބުން ވަރަށް ބޮޑަށް މަދުވެފައިވާ މައްސަލަ ހައްލުކުރުމުގެ ވައުދު ސަރުކާރުން ފުއްދުން ލަސްވާތީ ޔޮޓް ފަހަރުގެ އެޖެންޓުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އުލިގަމަށް ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އުލިގަން ޔޮޓް މަހާސިންތާގެ ތެރެއިން

ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ޔޮޓްފަހަރަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ބެލެވޭ އުލިގަމަށް ޔޮޓު އައުން އިތުރުވާނެ މަގު މިސަރުކާރުގައި ތަނަވަސްކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުލިގަމުގައި ވައުދުވެ ވަޑައިގެންފައިވެ އެވެ.

ރައީސް އުލިގަމުގައި ވިދާޅުވީ ޔޮޓުތައް އައުން މަދުވީ އެ އުޅަނދުފަހަރުން ނަގާ ބޮޑެތި ފީތަކުގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކޮށް އެ ރަށަކީ ޔޮޓު ފަހަރުގެ މަގުބޫލް މަންޒިލަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
30 ޖެނުއަރީ 2020 | ބުރާސްފަތި 19:01
ބޭކާރު
ތީ ވަޒީފާގެ ޒިންމާ ދޫކޮށްލާފަ އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ދެތިން މީހެއްގެ ފައިދާއަށް ޖަހާ ސަކަރާތެއް. ތިކަމަކުން އުލިގަމުގެ އާއްމު ރައްޔިތުންނަށް ކުރާ މާބޮޑު ފައިދާއެއް މިހާރަކު ނެތް.