Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 10:03
ކޮރޯނާވައިރަސްގެ ސްކްރީންކުރުމަށް އެއާޕޯޓްގައި ކެމެރާ ހަރުކުރެވިފައި
ކޮރޯނާވައިރަސްގެ ސްކްރީންކުރުމަށް އެއާޕޯޓްގައި ކެމެރާ ހަރުކުރެވިފައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް: ޝައްކުކުރެވޭ އެއްވެސް މީހަކު ރާއްޖެއިން ނުފެނޭ
ކޮރޯނާވައިރަސްގެ އަސަރު ރާއްޖެއިން ފެނިއްޖެނަމަ އެކަމަށް ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފައި
ކޮރޯނާވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވޭ
ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ވަނީ ޤާއިމުކޮށްފައި

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އެއްވެސް ކްރައިޓީރިޔާއަކަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ނުފެންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިކަން ހާމަކުރީ ބުރާސްފަތި ދުވަހުކޮށްފައިވާ ޓްވީޓެއްގައެވެ.

ކޮރޯނާވައިރަސްގެ އަސަރު ރާއްޖެއިން ފެނިއްޖެނަމަ އެކަމަށް ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް އާއިރު ކޮރޯނާވައިރަސް އަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

Advertisement

މި ވައިރަސްއަށް ޚާއްޞަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގައި 4 އެނދުގެ ޖާގައިގެ އައިސޮލޭޝަން އައިސީޔޫއެއް ވަނީ ޤާއިމުކޮށްފައެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ޤާއިމުކޮށްފައިވާއިރު، މިބައްޔަށް ޝައްކުކުރެވޭ މީހުން އުފުލުމަށް 3 އެންބިއުލަންސް މިހާރު ޚާއްޞަކުރެވިފައިވެ އެވެ. ކޮރޯނާ ވައިރަސްއާ ގުޅޭ ކްލިނިކަލް ޤައިޑްލައިންސް ހިމެނޭ ގޮތަށް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖާސްތައް ވަނީ ތައްޔާރުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް