Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 09:14
ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް
މުހައްމަދު ޝަރުހާން
ޕީޖީ
ވެކްސިންދޭން ދެކޮޅުހަދާ ބެލެނެވެރިންނަށް އަންނަ މަހު ދައުވާކުރަނީ
ވެކްސިން ދޭން ދެކޮޅު ހަދާ ބެލެނިވެރިންނަށް ފިޔަވަޅު އަޅާނީ 22 ދުވަސް ފަހުން

ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ނުދޭ ބެލެނިވެރިންނާ ދެކޮޅަށް އަންނަ މަހު ދައުވާކުރަން ފަށާނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ އޭނާގެ ދަރިފުޅަށް މީސަލްސް ވެކްސިން ދެއްވުމަށްފަހު ދަރިފުޅާއެކު ނަންގަފާވައި ހުރި ފޮޓޯއެއް ޓްވީޓްކުރައްވަމުންނެވެ. ޝަމީމް ބުދަ ދުވަހު ކުރެއްވި ޓްވީޓުގައި ވަނީ 22 ދުވަސް ފަހުން ބެލެނިވެރިންނާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ.

Advertisement

ވެކްސިން ނުޖަހާ ފަރާތްތަކަށް އެޅިދާނެ ގާނޫނީ ފިޔަވަޅުތައް ބެލުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު ޕީޖީން ވަނީ މި މަހުގެ މެދުތެރޭގައި މަޝްވަރާ ކުރައްވާފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ވެކްސިން ނުޖަހާ ފަރާތްތަކާއި މެދު އެޅިދާނެ ގާނޫނީ ފިޔަވަޅުތަކާއި ގުޅިގެން ހެލްތު މިނިސްޓްރީ އޮފް ހެލްތާއި އިތުރު ފަރާތްތަކާއި އެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ވެކްސިންދިނުމުގައި އިހުމާލުވި މައްސަލަތަކެއް މި ފަހުން ފެންމަތިވި އިރު، އެފަދަ ކަންކަން މަނާކުރާގޮތަށް މަޖިލީހުން ފާސްކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފަށާނީ ފެބްރުއަރީ މަހުން ފެށިގެންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގެ ދެވަނަ ބާބުގެ 19 ވަނަ މާއްދާގެ (ނ) ގައި ބުނާގޮތުންކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމަކީ، އެކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ. އަދި އެ މާއްދާގައި (ރ) ގއި ބަޔާން ކުރަނީ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އެ ވެކްސިން ޖެހުމަށް އިޢުތިރާޟްކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެނެއްނުވެއެވެ.

ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކޮށް، އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
30 ޖެނުއަރީ 2020 | ބުރާސްފަތި 10:21
ކޭމާޓް
18 އަހަރު ނުފުރޭ ދަރިންގެ ބިޓުން ރޫމަށް ވައްދާން ބޭނުންކަމެއްކުރުމުގެ ފުރުސަތު ދީގެން ތިބޭ ބެލެނިވެރިން ހޯދާ ދައުވާކޮށް ޙައްގު އަދަބު ދީބަ ފުރަތަމަ.