ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 23:46
ނޯޓު ކޮސްމެޓިކްސްއިން މާލޭގައި ހުޅުވި ފިހާރަ
ނޯޓު ކޮސްމެޓިކްސްއިން މާލޭގައި ހުޅުވި ފިހާރަ
ރާއްޖެއެމްވީ
ނޯޓު ކޮސްމެޓިކްސް
ނޯޓް ކޮސްމެޓިކްސްގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފި
ފިހާރަ ހުޅުވައިދެއްވީ ޓްރަންސްޕޯޓް މިނިސްޓަރު ނަހުލާ
ގިނަ އަދަދެއްގެ ކޮސްމެޓިކްސް ލިބިގެންދާނެ

ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކް ވިއްކާ ''ނޯޓު ކޮސްމެޓިކް'' ގެ މޮނޯ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.

މި އައުޓްލެޓް ހުޅުވާފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް ވިއްކަމުންދާ ނިއު އެޑިޝަނުންނެވެ. ''ނޯޓު މޭކަޕް'' ބްރޭންޑަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބުލު ކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ''ނޯޓު'' އިން ބުނީ، އަލަށް މި ހުޅުވުނު އައުޓްލެޓާއެކު ރާއްޖޭގެ ފެޝަން އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ކުރިއަރާ މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނިއު އެޑިޝަންގެ ޗީފް މަރކެޓިން އޮފިސަރ އިސްމާއިލް އަޒްމީ ބުނީ، އެ ފަދަ އައުޓްލެޓެއް ހުޅުވުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަޒްމީ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

އެޑިޝަނުން ބުނީ، އަލަށް ހުޅުވުނު ފިހާރައިން ނޯޓު ލައިންގެ ހުރިހާ ސާމާނުތަކެއް ލިބިގެންދާނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

- ކޮމެންޓް