Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 21:42
ތައްޔިބު ބުނެފައިވަނީ ހައްޔަރު ކުރިއަސް ހިތްވަރަށް ބަދަލެއް ނާންނަކަމަށް
ތައްޔިބު ބުނެފައިވަނީ ހައްޔަރު ކުރިއަސް ހިތްވަރަށް ބަދަލެއް ނާންނަކަމަށް
ޓްވިޓަރ
ތައްޔިބުގެ ބަންދަށް 15 ދުވަސް
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
އަނިޔާވެރިކަން ނިންމާލެވޭނީ، އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން: ތައްޔިބު
 ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއް ކަމަށް ތައްޔިބު ދެކޭ

އެޗްވަންއެންވަން ވައިރަސް އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަަރުކުރި ސޯޝިލަމް މީޑީއާ އެކްޓިވިސްޓް ތައްޔިބް ޝަހީމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ޖައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމށާތު ދެއްވަމުން ތައްޔިބްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ތޮއްޔިބްގެ މައްޗަށްކޮށްފައިވާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އެޗްވަންއެންވަންއާ އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރަމުންދާ ކަމުގެ ތުހުމަތެވެ.

އޭނާ ވިދާޅުވީ، ތައްޔިބްގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތައްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ތައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

ތައްޔިބު ބަންދު ކުރި ފަހުންވެސް ތައްޔިބުގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓް ބަރާބަރަށް މަސައްކަތް ކުރާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ، ތައްޔިބުގެ ބަންދަށް 15 ދުވަސްޖެހީ، އޭނާ ކުރަމުންގެންދާ ކަންތައްތަކަކީ، ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ކަމަށެވެ. އަދި ތޮއްޔިބަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއްތޯ ގާޒީ ސުވާކު ކުރެއްވި ކަމަށް ވެސް މަހެފޫޒް ވިދާޅުވިއެވެ.

މަހްފޫޒް ވިދާޅުވީ ތޮއްޔިބް ކޮށްފައި ހުރި ޓްވީޓްތަކަކީ ހަމަޖެހޭ މީހަކު ކުރާނެ ކަހަލަ ޓްވީޓްތަކެއް ނޫން ކަމަށް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވި ކަމަށެވެ.

ތޮއްޔިބަކީ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.

ޖަލުގައި ހުރެގެން މިދިޔަ އަންގާރަދުވަހު ތައްޔިބު ފޮނުވާފައި މެސެޖެއްގައި ބުނެފައިވަނީ އަނިޔާވެރިކަން ނިންމާލެވޭނީ، އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން ކަމަށެވެ. މީގެ އިތުރުން  ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމަކީ ފަރުދީ ޒިންމާއެއްކަމަށްވެސް ތައްޔިބުގެ މެސެޖްގައި ބުނެފައިވެއެވެ. އޭނާ ބުނީ ހައްޔަރުކޮށްފައި ހުއްޓަސް އޭނާގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޠައްޔިބު ގެންގޮސްފައިވާއިރު، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އޭނާގެ ނަމުގައި ހިންގާ ޓްވިޓަރ އެކަނުންޓަކުން ގެންދިޔައީ ސަރުކާރުން ފ. އަތޮޅާއި ގުޅޭގޮތުން ސައުދީ ޝާހީ އާއިލާ އާއި އެކު ހަދާފައިވާ ޑިލާ ގުޅޭ ގޮތުން ވަރަށް ގިނަ ޓްވީޓްތައް ކުރަމުންނެވެ. އަދި މި ޑީލްއާ ބެހޭ ގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ހަކަތަކުގެ ލީކްވެފައިވާ އޯޑިއޯއާ ބެހޭ ގޮތުން ވެސް އެ އެކައުންޓުން ވަނީ ގިނަ ޓްވީޓްތަކެއް ކޮށްފައެވެ.

މީގެ ކުރިން މި މަހުގެ ކުރީކޮޅު ވެސް ތޮއްޔިބް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލާފައި ވެއެވެ. ތޮއްޔިބްގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫޖަސް ޖަލީލް)ގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަތުލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް