Advertisement
ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 14:40
އަހުމަދު އާތިފް
އަހުމަދު އާތިފް
ކުޅުދުއްފުށި އޮންލައިން
ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީގެ ނައިބު ކަމަށް އާތިފް އައްޔަން ކުރައްވައިފި
އަތިފް މީގެކުރިން ވަނީ ކުޅުއްދުފުށި ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން ހާމަ ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް، ހދ.ކުޅުދުއްފުށި، މާވިނަ، އަޙްމަދު ޢާޠިފް ޢައްޔަނު ކުރައްވައިފި އެވެ.

އަޙްމަދު ޢާޠިފް, މީގެ ކުރިން ހުންނެވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރެއްގެ މަޤާމުގައެވެ. އަޙްމަދު ޢާޠިފް ކުރިން ވަނީ އެ ކައުންސިލުގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފަ އެވެ.

Advertisement

އަޙްމަދު ޢާޠިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުން ނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އަޙްމަދު ޢާޠިފް ވަނީ ޙާޞިލު ކުރައްވާފަ އެވެ.

އަންނަ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުޅުދުއްފުށީ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާނެކަން، މީގެކުރިން އާތިފް ވަނީ ހާމަކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް