Advertisement
ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 14:44
ދިވެހި ފުލުހުންގެ މައި އިދާރާ
ދިވެހި ފުލުހުންގެ މައި އިދާރާ
ދަ އެޑިޝަން
ފުލުހުން
ބޯޓެއްގައި ރަށަށް އެތެރެކުރަން އުޅުނު ބަނގުރާފުޅިތަކާއި މަސްތުވާތަކެތި ފުލުހުން ހޯދައިފި
10 ފުޅި ބަނގުރާ ވަނީ ހޯދާފައި
މައްސަލަތަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ހާމަކުރުމުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިންނަވަރަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައިފިއެވެ.

މަސްތުވާތަކެތި އަދި ބަނގުރާވެސް ހޯދާފައިވަނީ މާލެއިން ފުރައިގެން އެރަށްތަކަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓިލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ އެގޮތުން ހިންނަވަރަށް އައި ބޯޓު ބަލައި ފާސްކުރިއިރު ބޯޓުގައިހުރި ފޮއްޓެއްގެ ތެރެއިން 10 ފުޅި ބަނގުރާ ފެނިފައިވެއެވެ.

Advertisement

އަދި މާލެއިން މަކުނުދުއަށް އައި ބޯޓުން ބާލާފައި ހުރި ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި ދެ މައްސަލައިގައިވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުން ދަނީ އެ މައްސަލަތައް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް