Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 21:22
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރު ފާރިސް މައުމޫން
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
ފާރިސްއާ ސުވާލުކޮށްފައި ވަނީ ތީމްގޭ އޮޑިޓް ރިޕޯޓާ ގުޅިގެން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެމްބަރު ފާރިސް މައުމޫން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ބުރާސްފަތި ދުވަހު މެންދުރު 2:00 ހާއިރު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ތީމްގޭ އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ. ބުރާސްފަތި ދުވަހު ތިން ފަހަރު މަތިން ފާރިސް ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

ފާރިސް މައުމޫން ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކުރީ އެ އިދާއިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ކަމަށް ފުލުހުން ބުންޏެއެވެ. އެހެންނަމެވެސް ބުރާސްފަތި ދުވަހު ތިން ފަހަރު ފާރިސް ހާޒިރުކުރި ކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ،

 

ރާއްޖެއެމްވީ ސުވާލުކުރުމުން ފުލުހުން ބުނީ އެ އިދައިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހުން ހާޒިރުކުރާ ކަމަށެވެ.
 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފާރިސް ފުލުހަށް ހާޒިރުކޮށް ކުރި އެއްވެސް ސުވާލަކަށް ފާރިސް ޖަވާބުދާރީވެފައެއް ނުވެއެވެ. އަދި ސުވާލަކަށް ޖަވާބު ދެއްވަނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ފާރިސް ވިދާޅުވިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

 

މި ކަމާ ބެހޭ ގޮތުން ފާރިސްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް