Advertisement
ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 07:03
ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ
ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ
ހޯމް މިނިސްޓްރީ
ހުރަވީ ދުވަސް
ގައުމުގެ ދިފާއުގައި، މޭ އައްޑަނަ އަކަށް ހަދަން ކެރޭނީ މަދު ބަޔަކަށް: ޑރ. އިބްރާހިމް ހަސަން
ދޮންބަންޑާރައިންގެ ސިފަތަކުން އިބްރާތް ހާސިލްކުރަން ޖެހޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
އަބަދުވެސް ގައުމު އިސްކުރުމަށް މިނިސްޓަރު ގޮވައިލެއްވި
ތަޖުއްދީން ސްކޫލުގެ ދަރިވަރުން ވަނީ އައިޓަމްތަކެއް ހުށައަޅާފައި

ދިނާއި ގައުމުގެ ދިފާއުގައި ތިމާގެ މޭ އައްޑަނަ އަށް ހަދަން ކެރޭނީ މަދު ބަޔަކަށް ކަމަށާއި، އެއީ ގައުމާއި މެދު ވަރަށް ވަރުގަދަ ލޯތްބެއް އޮންނަ ބަޔަކަށް ކަމަށް ވިދާޅުވެ، ކިޔަވާ ދަރިވަރުން ދޮންބަންޑާރައިންގެ ހަޔާތުން އިބުރަތް ހޯދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ދަރިވަރުންނަށް ގޮވައިލައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އެހެން ގޮވާލާފައިވަނީ، އަންގާރަ ދުވަހުގެރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ކުރިން، އެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވަން ހަމަޖެހިފައި ވަނީ ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ މިނިސްޓަރު އިމްރާން ޖަލްސާއަށް ވަޑައިނުގަންނަވައެވެ.

ހުރަވީ ދުވަސް ނިޞްބަތްވެ ވަޑައިގަންނަވަނީ އައްސުލްޠާން ހަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. މިދުވަސް ފާހަގަކުރަނީ އެރަދުން، މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަންކުރި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ހުރަވީ ދުވަސް ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުގައެވެ.

Advertisement

ކިޔަވާ ދަރިވަރުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަދު ބަޔަކާއި އެކު ނިކުމެވަޑައިގެން މަލާބާރީންގެ އަތުން ދޮންބަންޑާރައިން، ދިވެހިރާއްޖެ މިނިވަން ކޮށްދިނީ ގައުމު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އެ ވާހަކައިން ކިޔަވާ ދަރިވަރުން މިއަދު އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ހަސަން ވިދާޅުވީ ގޮތުގައި، ޝަހްސިއްޔަތެއް ބިނާކުރާނަމަ އޭގެ އެންމެ މުހިއްމު ކަމަކަށްވާން ޖެހޭނީ ވަތާނާއި ގައުމާ ދޭތެރޭގައި، ނުގުޑާފަދަ ލޯތްބެއް އުފެދިފައި އޮންނަ އޮތުމެވެ. އަދި އެކަން ސާބިތުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި، ކެރުން ކަމަށް ވިދާޅުވިއެވެ.

ދޮންބަންޑާރައިންގެ ހަޔާތުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަޝްވަރާ ކުރުމަކީ ދޮންބަންޑާރައިންގެ ފަރާތުން ފެނިގެންދިޔަ ރީތީ ސިފައަަކަށްވާއިރު، ދަރިވަރުން އަޒުމް ކަނޑައަޅަންވީ އެފަދަ ސިފަތަަށް ގައިގައި އަށަގަނެވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މަދަރުސީ މަހައުލަކީ އެކަން އަށައިގަތުމަށް އެންމެ ރަނގަޅު އެއް މަހައުލުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ތިއިން ކޮންމެ ކުއްޖަކީވެސް ގައުމުދެކެ ލޯބިވާ ކުއްޖަކަށް ވާންޖެހެނޭ. ތިއިން ކޮންމެ ކުއްޖަކީވެސް މަޝްވަރާކޮށް އަނެކުންގެ ހިޔާލުތަކަށް އިހްތިރާމްކޮށް އަނެކުން ދައްކާ ވާހަކަ އަޑުއެހުމުގެ ގާބިލުކަން ހުރި ބަޔަކަށް އެބަވާން ޖެހޭ. ތިއިން ކޮންމެ ކުއްޖަކީވެސް އަމިއްލަ އެދުމަށްވުރެ އަނެކަށް އިސްކަންދޭ ދަރިވަރަކަށް އެބަވާން ޖެހޭ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

އެ ސިފަތަކަކީ ރަނގަޅު ދިވެހި ދަރިއަކަށްވުމަށްޓަކައި މުހިއްމު ސިފަތަކެއްކަން ފާހަގަކުރައްވަައި، އޭގެ ފަހުން ޑރ. ހަސަން ވިދާޅުވީ، ދޮންބަންޑާރައިންގެ ވާހަކައިން އިބުރަތް ހޯދާ ބަޔަކަށްވުން މުހިއްމު ކަމަށެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ތާޖުއްދީން ސްކޫލުގެ ކުދިން ވަނީ ދޮންބަންޑާރައިންގެ ދުވަސްވަރު ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް އައިޓަމެއް ހުށައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
29 ޖެނުއަރީ 2020 | ބުދަ 10:05
25
ކިހިނެއް ގައުމުގެ ދިފާއުގައި މޭ ދިއްކުރަން ކެރޭނީ.. ގައުމުގެ ދިފާއުގައި ކޮރަޕްޝަނާ ދެކޮޅަށްވެސް މޭ ދިއްކުރަން ނުކެރޭ ސިޔާސީ މީހުން ގައުމުގަ މިއުޅެނީ..