Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 23:34
މާލެ ސީޓީގެ މޭޔަރު ޝިފާ، އައު ވެބްސައިޓް ލޯންޗު ކޮށްދެއްވަނީ
މާލެ ސީޓީގެ މޭޔަރު ޝިފާ، އައު ވެބްސައިޓް ލޯންޗު ކޮށްދެއްވަނީ
ޓްވިޓަރ
މާލެ ސިޓީ ކައުންސިލް
އޮންލައިން ހަތަރު ޚިދުމަތަކާއެކު ސިޓީ ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާހުކޮށްފި
މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދައަށްއެދުން ވެބްސައިޓުން ލިބޭނެ
''މާލޭ ސްޓްރީޓްސްކޭޕިންގް ޕްރޮޖެކްޓް'' ގެ މައުލޫމާތު ލިބޭނެ
މާލެ ސިޓީން ހިންގާ މަޝްރޫއު 462 މިލިއަން ރުފިޔާ ޚަރަދުވާނެ: ސިޓީ ކައުންސިލް

އޮންލައިން ހަތަރު ޚިދުމަތަކާއެކު މާލެ ސިޓީ ކައުންސިލްގެ އައު ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި، އައު ވެބްސައިޓް އިފްތިތާޙުކޮއްދެއްވީ މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދެވެ.

މާލޭ ސިޓީ ކައުންސިލްގެ އައު ވެބްސައިޓާ އެކު އޮންލައިން ކުރެވުނު ހަތަރު ޚިދުމަތަކީ މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމާއި، މަގު ބަންދުކުރުމުގެ ހުއްދައަށް އެދުމާއި، ފައްތިޔާ އަދި ފަޅު ހުއްދައަށް އެދުމާއި، މައިޒާންތަކާއި، ޕާކުތަކާއި، ބީޗު ފަދަ ތަންތަން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުމެވެ.

Advertisement

މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިމަހުގެ 26 ވަނަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ޝިފާ ވިދާޅުވެފައިވާ ފަދައިން މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ " މާލެ ސްޓްރީޓްސްކޭޕިންގް ޕްރޮޖެކްޓް " ގެ މަޢުލޫމާތު މި ވެބްސައިޓުގައި ހިމެނިފައިވާނެ ކަަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ސިޓީ ކައުންސިލުން ބުނީ، މި މަޝްރޫޢަކީ ރާއްޖޭގެ ކައުންސިލަކުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. މުޅި މަޝްރޫއު އަށް 462 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވެއެވެ.

މާލެ ސިޓީ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތްތާނގައި ސިޓީ ކައުންސިލްގެ އިތުރު ޚިދުމަތްތައް އޮންލައިންކުރެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރަމުން ގެންދެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް