Advertisement
ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 08:24
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަންސް ކޮމިޝަން
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވަން ފިރިހެނުންނަށް ވޯޓު ދެވޭނެ
ވޯޓް ލުމުގެ ހައްގު އަންހެން އަދި ފިރހެން ބޭފުޅުންނަށްވެސް ލިބިގެންވޭ
ބައެއް ފަރާތްތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާގޮތް އޮޅުން އަރާފައިވާކަމަށް ވިދާޅުވި
އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ

އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކަނބަލުން ހޮއްވެވުމަށް ފިރިހެނުންނަށް ވޯޓު ލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހު ގެ ރޭ އެކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކުރައްވާފައިވާ ޓްވީޓްގައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވޯޓުލެވޭ ފަރާތްތަކުގެ އިތުރުން، އެ އިންތިހާބުގައި ބައިވެރިވެވޭނީ އެރަށަކަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ކަނބަލަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ލާމަރުކަޒީ ޤާނޫނުގައިވާގޮތުން ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާއި އެކުގައި، އެސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްްކަތް ކުރުމަށްޓަކައި އެރަށެއްގެ ނުވަތަ އެ ސީޓީއެއްގެ އަންހެނުންގެ ތެރެއިން އެރަށެއްގެ ރައްޔިތުންގެ އިންތިޚާބުކުރާ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަންވާނެ އެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ އެފަދައިން ޓްވީޓްކުރައްވާފައި އެވަނީ އާންމުންނަށާއި ސިޔާސީ ޕާޓީތަކަށް އޮޅުން އަރަމުންދާތީ ކަމަށެވެ. އަދި މާލޭ ސިޓީ ދާއިރާތަކުގެ އަންހެނުން ކޮމިޓީގެ މެންބަރުކަމަށް އަތޮޅު ތެރޭގެ ރަށްތަކުގެ ދަފްތަރުގައި އޮންނަ ކަނބަލުން ކުރިމަތިލަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މިއީ އިލެކްޝަންސް ކޮމިޝަންގެ ދަށުން ބާއްވާ އިންތިހާބެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް ހޮވާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް