Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 23:36
މާލެ ބަނދަރުގައި އަޅާފައި ހުރި ބޯޓުތަކެއް
މާލެ ބަނދަރުގައި އަޅާފައި ހުރި ބޯޓުތަކެއް
ގޫގުލް
މާލެ ސިޓީ
ހުއްދަ ނުނަގާ ފަޅުގައި އަޅާފައިވާ އުޅަނދުތައް ޖޫރިމަނާ ކުރާނަން: ސިޓީ ކައުންސިލް
އުޅަނދުތައް ނެގުމަށް މީގެ ކުރިން އިއުލާން ކޮށްފައިވޭ
އުޅަނދުތައް އެޅުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވޭ

މާލޭ އުތުރުފަރާތު ފަޅު (މަސްމާރުކޭޓު ޞަރަޙައްދު) ގައި މަސްވެރިކަމުގެ ހުއްދަ ނުނަގާ ހުންނަ ދޯނިތައް ފަޅުން ނެގުމަށް އަންގާފައިވާ މުއްދަތުގައި ނުނަގާނަމަ އުޅަނދުތައް ޖޫރިމަނާ ކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ވަނީ، ޤަވާއިދާއި ޚިލާފަށް މާލެއާއި ވިލިނގިލީގެ ފަޅުގެ އެކި ޞަރަޙައްދުތަކުގައި ދަތުރުނުކޮށް އަޅާފައި ހުންނަތާ ގިނަ ދުވަސްވެފައިވާ އުޅަނދު ފަހަރުތައް އެތަނުން ނެގުމަށް އަންގައި އެކަން އިޢުލާން ކޮށްފައެވެ.

Advertisement

ސިޓީ ކައުންސިލުން ދަނީ ޤަވާއިދާ ޚިލާފަށް އަޅާފައިވާ ދޯނިތައް ޗެކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކައުންސިލުން ބުނީ، ހުއްދަ ނުނަގާ އުޅަނދުތައް ނަގަން ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަގާނަމަ އެ އުޅަނދުތައް ޖުރިމަނާ ކުރެވޭނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ބަނދަރު ކޮށްފައިވާ އުޅަނދުތައް ޗެކްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާއިރު، މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް ރާއްޖޭގެ އެކި ޞަރަޙައްދުތަކުން އަންނަ އުޅަނދު ފަހަރުތައް ބަނދަރުކުރަން ޚާއްޞަ ޞަރަޙައްދުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލެ މޭޔަރ ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް ތަނުގައި އަތޮޅުތަކަށް ފުރާ ދޯނި ފަހަރުތައް ފުރާ ޞަރަޙައްދުތަކާއި ދިމާލަށް އެނގޭ ގޮތަށް ބޯޑުތައް ބަހައްޓާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލެއާއި، ހުޅުމާލޭގެ އިތުރުން ވިލިގިލިން ފުރާ އުޅަނދުތައް ވަކި ޞަރަޙައްދަކުން ފުރޭ ގޮތަށް ރޭވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
29 ޖެނުއަރީ 2020 | ބުދަ 10:03
25ކޖ
ހުސްފޮނި ބައިސާ.. ބަންގާޅީން ފަޅުގައި އިންޖީނު ނެތް ދޯނި ފަހަރު އަޅައިގެން، އޭގަ މަސްފޮށި ބަހައްޓައިގެން ވިއްކާއިރުވެސް ސިޓީ ކައުންސިލަށް ނޭނގޭ.. ހުންގާނު ނެތް ދޯނި ، ބުރަފަތި ނެތް ދޯނި ، ފަޅު ގައި ބާއްވައިގެން މިކުރާ ކަންކަން ނުބެލޭ އިނގޭތޯ!! ބަންގާޅީން ނިދަނީ ، ދިރިއުޅެނީ، އާމްދަނީ ހޯދަނީ މި އޮޑި ފަހަރުން.. ދިވެހިން އަދި ދިވެހި ދައުލަތް ނިދާފަ.. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.