Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 19:40
އިލްހާމް މަޖިލީހުގައި
އިލްހާމް މަޖިލީހުގައި
ޕީޕަލް މެގަޒިން
އިލްހާމްގެ ވާހަކަ
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
މަޖީލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނީ ހޫނު ފެން ފަޔަށް އެޅެން ބޭނުންވާ މެންބަރުން
އެއްވެސް މެންބަރަކީ ތާހިރު މެންބަރެއް ނޫން

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދައިރާގެ މެންބަރު އިލްހާމް އަހްމަދު މަޖީލީސް މެންބަރުންނަށް އިންޒާރުދިން ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓްދީފި ނަމަ ހޫނު ފެން އެޅޭނެ ކަމަށް ޕީޕީއެމްގެ މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި އިލްހާމް ވަނީ ވިދާޅުވެފަ އެވެ.

ނޮޅިވަރަމް ދައިރާގެ މެންބަރުން ހުސައިން އަރީފް ސޮއި ކުރައްވާ ފުލުހަށް ހުށަހަޅާފައިވާ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދައިރާގެ މެންބަރު، އިލްހާމް އަހްމަދު ބުދަ ދުވަހުގެ މެންދުރު 13:00 ހާއިރު ވާހަކަ ދައްކަވާފައިވާ ކަމަށާއި ދެއްކެވި ވާހަކައިގަ މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކާ އިންޒާރު ދިން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ވީހާ އަވަހަށް ބައްލަވާއި ފިޔަވަޅު އަޅުއްވައި ދެއްވުން އެދޭ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އިލްހާމް ދައްވާފައިވާ ވާހަކައިގެ ވީޑިޔޯ ރެކޯޑިން ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

 

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ލާނީ ހޫނު ފެނުގައި އަތްލާން ބޭނުން ނަމައޭ ބުނެ މެމްބަރު އިލްހާމް ބިރު ދެއްކިޔަސް، އިންޝާ ﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމަށެވެ.

އިލްހާމަށް އިޝާރަތް ކުރައްވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ އޭނާ އެ ހުންނެވީ ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފައެވެ.

 ބުދަ ދުވަހުގެ ޖަލްސާގައި އިލްހާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ މަޖިލީހުގެ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ސަރުކާރަށް ދަތި ކުރަމުން ކަމަށެވެ.

"ހޫނުފެން އެޅޭނެ. އަޅުގަނޑުމެންގެ ތެރެއިން ވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނުފެން އެޅޭނެ. އެއްވެސް މީހަކީ ސާފުތާހިރު މީހުއް ނޫން،" މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން އިލްހާމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް