Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 16:52
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އާދަޔާ ޚިލާފަށް ރަށްތައް ގިރަމުންދާތީ މަޖިލީހުގެ ކްލައިމެޓް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ
މިބައްދަލުވުމުގައި މިމައްސަލަ އާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ

ރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މަޖިލީހުގެ އިދާރާގައި މިކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. މިބައްދަލުވުމުގައި މިމައްސަލަ އާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އަދި ބައްދަލުވުން އަޑުއެހުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައި ވާކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

Advertisement

އިރުވައި މޫސުމާ ދިމާކޮށް އާދަޔާ ޚިލާފަށް ރަށްތައް ގިރުމުގެ އަސަރު ބައެއް ރަށްރަށުން އަންނަނީ ފެންނަމުންނެވެ. އެގޮތުން ، ގއ.، ގދ.، ރ.، ބ.، އަދި ނ. އަތޮޅުގެ ބައެއް ރަށްތަށް ގިރަމުންދާތީ ރައްޔިތުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވެފައިވަނީ ރަށްގިރުމުގެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް