Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 15:45
ހުރަވީ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރަސްމީ ޖަލްސާ ބާއްވަމުންދޭ
ހުރަވީ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރަސްމީ ޖަލްސާ ބާއްވަމުންދޭ
ރައީސް އޮފީސް
ހުރަވީ ދުވަސް
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ
މިރޭ 8:30 ގައި ބާއްވާ މިޖަލްސާގައި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވާނެ
ރަސްމީ ޖަލްސާ މިރޭ ތާޖުއްދީން ސްކޫލްގައި އޮންނާނެ
މިޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓާރ ޑރ އިބްރާހީމް ހަސަން

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ތާޖުއްދީން ސްކޫލްގައި އޮންނާނެ އެވެ.

މިރޭ 8:30 ގައި ބާއްވާ މިޖަލްސާގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވާހަކަފުޅު ދައްކަވާނެ އެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ޙަސަން އެވެ.

Advertisement

މީގެއިތުރުން ހުރަވީ ދުވަހާއި ގުޅޭގޮތުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންފައިވާ މުޙައްމަދު ޝިފާން ވާހަކަ ދައްކަވާނެ އެވެ.

ހުރަވީ ދުވަސް ނިޞްބަތްވެ ވަޑައިގަންނަވަނީ އައްސުލްޠާން ހަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. މިދުވަސް ފާހަގަކުރަނީ އެރަދުން މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަންކުރި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިދުވަސް ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް