ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 15:27
ނޮވެލް ކޮރޯނާވައިރަސް
ފްރާންސް 24
ނޮވެލް ކޮރޯނާވައިރަސް
ނޮވެލް ކޮރޯނާވައިރަސް: ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓުކުރަނީ
މި 30 ބޭހަކީ މިހާރުވެސް އެކި ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސްތައް
ޝަންހާއީ އިން ދަނީ ކޮރޯނާ ވައިރަސް އަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުން

ނޮވެލް ކޮރޯނާވައިރަސްގެ ފަރުވާއެއް ދިރާސާ ކުރަމުންދާ ޗައިނާގެ ފަރާތްތަކުން، އެ ބަލި ފަސޭހަވޭތޯ 30 ބޭހެއް ޓެސްޓު ކުރުމަށް މީހުން ހޯދައިފިއެވެ.

މި 30 ބޭހަކީ މިހާރުވެސް އެކި ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭސްތަކެވެ.

ޝަންހާއީ އިންސްޓިޓިއުޓް އޮފް މެޓީރިއާ މެޑިކާ އާއި ޝަންހާއީ ޓެކް ޔުނިވަރސިޓީން ދަނީ ކޮރޯނާ ވައިރަސް އަށް ފަރުވާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޤުދުރަތީ މައުދަންތަކާއި ޗައިނާގެ ފަތްޕިލާވެލީގެ ބާވަތްތަކެވެ.

މިހާރުވެސް އެންމެ ބާރަށް މިވައިރަސް ފެތުރެމުންދާ ޗައިނާއިން އެކަނިވެސް ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާއިން 4515 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ހޫބޭ އިން އެކަނި ކޮރޯނާވައިރަސްގެ 2714 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް ޗައިނާގައި މި ވައިރަސްގެ ޝިކާރައަކަށްވެ 106 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް