Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 13:32
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ފަށައިފި
މިއީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ ފުރަތަމަ އަޑު އެހުން
މި އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމާމެދު ގޮތެއް ނިންމުން އެކަށީގެންވޭ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ފަށައިފިއެވެ.

މިއީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމެވެ. އަދި ރައީސް ޔާމީނުގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާ ދެއްވުމަށް ހައިކޯޓުގައި އެދިފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވާކަމަށް ނިންމައި، 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، އަދި ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ދުވަސް ވަންދެން އިންވެސްޓްކޮށްފައިދާ ހޯދާފައިވާތީ، އެފައިސާ ދައުލަތަށް ނަގާ ދިނުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދިނުމަށް ކަމަށް އެނގިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް