ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 12:30
މިނިސްޓަރ މާރިޔާ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާއަށް ވަޑައިގެންނެވުން
މިނިސްޓަރ މާރިޔާ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާއަށް ވަޑައިގެންނެވުން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޚިދުމަތް ފަށާފައިވަނީ 1993 ނޮވެމްބަރ 25 ވަނަ ދުވަހު
ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި ވަނީ އޮނަރ ގާޑެއް އަރުވާފަ
ހަފްލާގައި ވަނީ، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ހަފުލާގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވައިފާވާއިރު، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓަރޒްއިން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި، އެ އޭރިއާގެ އޮފިސަރުންނާއި ސިފައިންނެވެ. މީގެއިތުރުން ޑިފެންސް މިނިސްޓަރުގެ ޝަރަފުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައެވެ.

ހަފްލާގައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން، ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ ސިފައިންނަށާއި، އެކި ގޮތްގޮތުން އޭރިއާއަށް ރީތި ނަން ހޯދާފައިވާ ސިފައިންނަށް، އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އޭގެއިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މަސައްކަތްކުރާ އާންމު މުވައްޒަފުންގެ ތެރެއިން އޭރިއާގައި 25 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ހަފުލާގައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ޚިދުމަތް ފަށާފައިވަނީ 1993 ނޮވެމްބަރ 25 ވަނަ ދުވަހު، "ރީޖަނަލް ހެޑްކުއާޓަރޒް - ލ.ކައްދޫ" ގެ ނަމުގައެވެ.

- ކޮމެންޓް