Advertisement
ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 08:42
އެޔާދާކަމަށް ރިޕޯޓުކުރި މަސްބޯޓު
އެޔާދާކަމަށް ރިޕޯޓުކުރި މަސްބޯޓު
އެމްއެންޑީއެފް
އެމްއެންޑީއެފް
ހާލުގައި ޖެހުނު ލަންކާ މަސްބޯޓު ހުޅުމާލެ ގެނެސްފި
ބޯޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު
މަސްބޯޓު ވަނީ ހެނދުނު ހުޅުމާލެ ގެނެސްފައި
ރިޕޯޓު ލިބިފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ 17:00 ގައި

އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއެކު ހުޅުމާލެ ގެނެސްފިއެވެ.

މި ބޯޓު މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުން އޮޔާދާކަމުގެ މައުލޫމާތު، އެމްއެންޑީއެފްއަށް ލިބިފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ 17:00 ގައެވެ. މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ، ލަންކާގެ 6 މަސްވެރިންނާއިއެކު ހާލުގައި ޖެހުނު މަސްބޯޓު ކޯސްގާޑްގެ އެހީތެރިކަމާއެކު އަންގާރަ ދުވަހުގެ ހެނދުނު 6:10 ހާއިރު ހުޅުމާލެ ގެނެވިފައިވާކަމަށެވެ.

Advertisement

އެ ހާދިސާގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއާރުސީސީން ބޯޓު މޮނިޓަރ ކުުރަމުން ދިޔައިރު އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް