ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 21:14
ޓެކްސީ ތެރެއިން ފެނުނު ބަނގުރާ ފުޅިތައް
ޓެކްސީ ތެރެއިން ފެނުނު ބަނގުރާ ފުޅިތައް
ޕޮލިސް
ފުލުހުން
ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއަކުން ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި
ޓެކްސީގެ ޑިކީގައި ހުރި ދަބަސް ތަކެއް ބަލާފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވޭ
ޓެކްސީން ދަތުރުކުރަމުން ދިޔައީ ބިދޭސީ ދެ ފިރިހެނުން
މިމައްސަލަ އިތުރަށް ތަހްޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނޭ

ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުން ދިޔަ ޓެކްސީ އެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް އަތުލައިގަނެފިއެވެ.

ފުލުހުން ބުނީ އެކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 17:14 ހާއިރު ކަމަށެވެ. އަދި މިމަޢުލޫމާތު ލިބުމާއެކު ފުލުހުން އެޞަރަޙައްދަށް ގޮސް، އެ ޓެކްސީ ހުއްޓުވާ، ޓެކްސީގެ ޑިކީގައި ހުރި ދަބަސް ތަކެއް ބަލާފާސްކުރިއިރު، 20 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ. މިޓެކްސީ ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި ޓެކްސީން ދަތުރުކުރަމުން ދިޔައީ ބިދޭސީ ދެ ފިރިހެނުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޓެކްސީ އަށް އެރި ދެ މީހުންގެ އަތުން ބަނގުރާ ފުޅިތައް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިޓެކްސީގައި ތިބި ދެ ބިދޭސީންނަކީ 23 އަހަރާއި 24 އަހަރުގެ ބަންގްލަދޭޝް ބައެކެވެ. މިމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި މިމައްސަލަ އިތުރަށް ތަހްޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް