Advertisement
ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 19:33
އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ މެޑިކަލް ޓީމް
އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ މެޑިކަލް ޓީމް
އެމްއޭސީއެލް
އެމްއޭސީއެލް
ކޮރޯނާވައިރަސް: އެއަރޕޯޓުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފައި: އެމްއޭސީއެލް
އެރޕޯޓަށް އެތެރެވާ ހުރިހާ މީހުންގެ ޓެންޕަރޭޗަރ ސްކްރީނިން ކުރިއަށްދޭ
އެންމެންގެ ރައްކާތެރިކަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި
ކޮރޯނާ ވައިރަސްގެ އަސަރު ފެނިދާނެތީ އެކަމަށް ތައްޔާރު ވެފައި

ޤައުމުތަކުގައި ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފަތުރަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ އެއަރޕޯޓަށް އެތެރެވާ ހުރިހާ މީހުންގެ ފިނިހޫނުމިން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އޮތީ ފުރިހަމައަށް ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި އެންމެންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެމްއޭސީލުން ބުނެއެވެ.

Advertisement

މީގެ އިތުރުން އެމްއޭސީއެލުން ބުނީ ކަމާ ގުޅުންހުރި ހުރިހަ ފާރާތްތަކާއި ގުޅިގެން ސަލާމަތްތައް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ.

ރާއްޖެއިން ކޮރޯނާވައިރަސްގެ އަސަރު ފެނިދާނެތީ އެކަމަށް ތައްޔާރު ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްގެ އަސަރު ފެންނަ މީހުން ކަަރަންޓީނުކޮށްގެން ފަރުވާދިނުމަށް ހުޅުމާލެ ޕްރީސްކޫލް އެކަމަށް ޚާއްޞަކޮށްފައިވާއިރު މިބަލި ފުޅާވެގެން ދާ ހާލަތެއްގައި މާލެ ކުރިމަތިން އޮންނަ ފުނަދޫގައި އެކަމުގެ އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް