Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 17:55
ވެލާނާގެ
ވެލާނާގެ
މުހައްމަދު ޝަރުހާން
ސިވިލް ސަރވިސް ކޮމިޝަން
ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި
ވަޒީފާ އަށް ނުކުތުމަށް އަންގާފައިވަނީ 26 މާޗުން ފެށިގެން

އިންފްލުއެންޒާ ރޯގާއާ ގުޅިގެން  މަސައްކަތަށް ނުނިކުތުމަށް އަންގާފައިވާ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މާބަނޑު އަންހެނުން އަލުން މަސައްކަތަށް ނިކުތުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް އެ ކޮމިޝަނުގެ ދަށުން މަސައްކަތް ކުރާ މާބަނޑު މީހުންނަށް ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާ އިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް ވަޒީފާއަށް ނުކުތުމަށް އެ ކޮމިޝަނުން އެދިފައިވެ އެވެ.

އަދި މަރޗު 16 ވަނަ ދުވަހުގެ ސިވިލް ސަރވިސްގެ އިދާރާތަކާއި ސިވިލް ސަރވިސް މުވައްޒަފުން ދިން އެހީތެރިކަމާ އެއްބާރުލުން އެކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އިންފްލުއެންޒާ އެޗްވަންއެންވަން ރާއްޖޭގައި ފެތުރެމުން ގޮސްފައިވާ އިރު އެ ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް