Advertisement
ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 15:26
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ
ޔޫސުފް ސޮފްވާން ރަޝީދު
ފުލުހުން
11 އަހަރުގެ ފިރިހެން ކުއްޖަކާމެދު ޖިންސީގޯނާ ކުރި މައްސަލައެއްގައި އުމުރުން 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ކުއްޖަކާމެދު ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު
މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނޭ

އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކާމެދު ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއްގައި ކޯޓު ޢަމުރެއްގެ ދަށުން އުމުރުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޮދަރން ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކާމެދު ޖިންސީ ގޯނާކޮށްފައިވާ މައްސަލަ އެއް މިދިޔަ އަހަރުގެ ޑިސެންބަރ މަހުގެ 9 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލައާއި ގުޅިގެން 27 ޖެނުއަރީގެ މެންދުރު 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރާއި މީގެކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް