Advertisement
ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 12:31
ފުލުހުން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
ޕޮލިސް
ކުށްމަދުކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ހިންގައި، މަސްތުވަތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި
އުޅަންދުތަށް ގަވާއިދަށް ފެތޭ ތޯ ވަނީ ބަލާފައި
އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލައިވައިލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައި

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދުއަކީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ވެލިދޫ ޕޮލިސް ސްޓޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ވެލިދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލައިވައިލުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

މީގެއިތުރުން، ކުށްތަކަށް މަގުފަހިވާ ގޮތަށް އެރަށުގައި ހުރި ފަޅުގެ ތަކާއި ހުސްބިންތަކާއި ވަލުތެރެއާއި ރަށުތެރޭގައި ގުރޫޕު ހަދައިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ބަލައި ފާސްކޮށްފައިވާއިރު، އޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.

މީގެ އިތުރުން މަނަދޫގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް