Advertisement
ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 12:33
\'\'ޖެންގޯ ގާރލްސް މާލެ\'\'ވޯކްޝޮޕްގެ ބައިވެރިން
''ޖެންގޯ ގާރލްސް މާލެ''ވޯކްޝޮޕްގެ ބައިވެރިން
ދިރާގު
ދިރާގު
ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވި ވޯރކްޝޮޕް ނިންމާލައިފި
ޖުމްލަ 28 ބައިވެރިން ވޯކްޝޮޕް ގައި ބައިވެރިވި
ވޯކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ 17 އިން 18 އަށް
ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް: ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާރލްސް މާލެ' ނަމުގައި މި މަހުގެ 17 އިން 18 އަށް ކުރިއަށް ގެންދިޔަ ވޯރކްޝޮޕް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.

ޖުމްލަ 28 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ބާރުވެރިކުރުވުމެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ވަނީ އެހާ ކުޑަ ދުވަސް ކޮޅެއްތެރޭގައި މި ޕްރޮގްރާމުގައި ބައިވެރވާން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު އިތުރު ވުމުން އެކަމާ ވަރަށް އުފާފާޅުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ރައީސް އޮފީހުގެ ސެކްރެޓަރި އޮފް ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވި، އަންހެނުންގެ ދައުރު ޑިޒިޝަން މޭކިންގ ލެވެލްގައި އިތުރުކޮށް ޓެކް ދާއިރާގައި ބާރުވެރި ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއްސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެ ކަމުގެ ޔަގީންކަން އެ ޕޮރްގުރާމުގެ ސަބަބުން ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ދިރާގުގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި، އަންހެނުން ބާރުވެރި ކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއް ކަމަށެވެ.

ދިރާގުން ބުނީ، ޖެންގޯ ގަރލްސް އަދި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން މި ދާއިރާގައި ކުރިއެރުވުމުގެ މަގުސަދުގައި ކަމަށެެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ގަރލްސް ޓު ކޯޑް ގެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ސީރީސް ގެ ފުރަތަމަ ޕްރޮގުރާމް ވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ބާއްވާފައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް