ކ. މާލެ
|
27 ޖެނުއަރީ 2020 | ހޯމަ 08:05
މާލެ ސިޓީ
މާލެ ސިޓީ
އެޑިޝަން.އެމްވީ
މާލޭ ސްޕޭސިންގް ޕްރޮޖެކްޓު
މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގައި ސޮއިކޮށްފި
މަޝްރޫއު ޑިޒައިން ކުރެވުނީ މާލޭގެ ހުރިހާ މަޖްލިސް މެމްބަރުންނާ، ކައުންސިލަރުންނާ، ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮއްގެން
މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދޭނެ
މަޝްރޫޢުގެ ދަށުން މަގުތައް ހަދާއިރު 4 ވައްތަރެއްގެ މަގު ހިމެނޭނެ

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގައި ސޮއިކޮށްފިއެވެ.

މަޝްރޫޢު އެކުލެވިގެންވާގޮތަށް ބަލާލާއިރު މި މަޝްރޫއު ޑިޒައިން ކުރެވުނީ މާލޭގެ ހުރިހާ މަޖްލިސް މެމްބަރުންނާ، ކައުންސިލަރުންނާ، ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮއްގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޑިޒައިން ކުރެވުނީ މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސިޓީކައުންސިލުން ގުޅިގެން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދޭނެ ކަމަށެވެ. އަދި މަޝްރޫޢުގެ ދަށުން މަގުތައް ހަދާއިރު 4 ވައްތަރެއްގެ މަގު ހިމެނޭނެ ކަމަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސްއާއި، ސެކަންޑަރީ ރޯޑްސްގެ އިތުރުން ނެއިބަރ ހުޑްޕެޑެސްޓްރިއަން ރޯޑެވެ. ކައުންސިލުން ބުނީ ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިންގ އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން، އިތުރަށް ލެވޭ ހޮޅިތަކުގެތެރޭގައި ފަޔަރ ހައިޑްރާންޓް ހޮޅިއާއި، ގޭސް ހޮޅި ހިމެނޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަޝްރޫޢުގެ އަންދާޒާ އަގަކީ 462 މިލިއަން ރުފިޔާ ކަމަށެވެ. ފުރަތަމަ ސެގްމެންޓުގެ އަގުގެ ގޮތުގައި 50.96 މިލިއަން ކަނޑައެޅިފައިވާއިރު ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި ފަށާނީ ވެސްޓް ޕާކް ސަރަޙައްދުން ކަމަށެވެ. އަދި އެސަރަޙައްދުން 7 މަގެއް ހެދޭނެ ކަމަށާއި އެ މަގުތަކުގެ ދިގުމިނުގައި 1.94 ކިލޯ މީޓަރ ހުންނާނެ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން ބުނީ މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުނަށް ފަސޭހަ މަގުތަކަށް ހެދުމާއި ހުރިހާ އުމުރުފުރާގެ މީހުނަށްވެސް ރައްކާތެރި މަގުތަކަށް ހެދުން ހިމެނޭ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއްހޯދާދިނުމުގެ އިތުރުން މަގުތަށް ފެންބޮޑުވުން ހުއްޓުވައި އަބަދު ކޮނެފަ އޮންނަ އޮތުމަށް ނިމުމެއް ގެނައުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅެވޭފަދަ ޕޭވްމަންޓެއްޤާއިމްވެފައި އޮތުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށްމަގުތަކުގެ ތޮއްޖެހުން ހުއްޓުވުން ވެސް މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މަގުތަކުގައި ޕާކިންގގެ ފުރިހަމަ ނިޒާމެއް ގާއިމްކޮށް ޕާކިންގް ބިލްޑިންގްތައް ޤާއިމްކޮށް ދިނުން މުދާ ބޭލުމާއި އެރުވުމުގައި މަގުތަށް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުން ވެސް ހިމެނެއެވެ.

- ކޮމެންޓް