Advertisement
ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:22
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ގޫގުލް
ކޮރޯނާ ވައިރަސް
ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިފައެއްނުވޭ: ހުޅުމާލެ ހޮސްޕިޓަލް
ހަގީގަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައި
ކޮރޯނާ ވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ވެސް ވަނީ ބުނެފައި
ޕޯޓުތަކުގައި ނޮވެލް ކޮރޯނާވައިރަސް އަށް ސްކްރީން ކުރެވެމުންދާކަމަށް އެޗްޕީއޭއިން ބުނޭ

ހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު އޮތްކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ހޯމަ ދުވަހު އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓްގައި ވަނީ ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބުނެފައެވެ.

Advertisement

އެޗްޕީއޭ އިން ބުނެފައިވަނީ ޕޯޓުތަކުގައި ނޮވެލް ކޮރޯނާވައިރަސް އަށް ސްކްރީން ކުރެވެމުންދާ ކަމަށެވެ. މީގެއިތުރުން އެއަރޕޯޓް ޓަރމިނަލް ޞަރަޙައްދުގަ ފަސިންޖަރުން ސްކްރީންކުރާ ތާނގައި ތާމަލް ކެމެރާ ބަހައްޓާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ސައުތު ކޮރެއާ، ޓައިވާން، ތައިލެންޑް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް