Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 16:35
އޭޑީކޭ ފްލޫ ކްލިނިކް
އޭޑީކޭ ފްލޫ ކްލިނިކް
ރާއްޖެއެމްވީ
އޭޑީކޭ ފްލޫ ކްލިނިކް
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
ފްލޫ ކްލިނިކް ހުޅުވާފައިވަނީ މަރޗު 14 ގަ
ފްލޫ ކްލިނިކަށް 1659 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ

އޭޑީކޭ އިން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގެ ޚިދުމަތް މެދުކަނޑާލާއިފި އެވެ.

އޭޑީކޭގެ ފްލޫ ކްލިނިކްގެ ޚިދުމަތް ހުއްޓާލާފައިވާއިރު ބުދަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ހޮސްޕިޓަލަށް އެ ދުވަހު 108 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އެކަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިޔާއެކު މިހާތަނަށް 1659 މީހުން ވަނީ އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދައްކާފަ އެވެ. އޭޑީކޭގެ ފްލޫ ކްލިނިކް ހުޅުވާފައިވަނީ މާޗު 14 ވަނަ ދުވަހު އެވެ.

އޭޑީކޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިހާތަނަށް ފްލޫ ކްލިނިކަށް އެންމެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެދުވަހު 332 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގައި ވަނީ އިންފްލުއެންޒާ އަށް ވެކްސިން ދިނުމުގެ އިންތިޒާމްތައް ވެސް ގާއިމްކޮށްފައެވެ. އެގޮތުން މާބަނޑު މީހުންނާއި، ކެންސަރު ބަލީގެ މީހުންގެ އިތުރުން ޓްރާންސްޕްލާންޓް ހަދާފައިވާ މީހުންނާއި 65 އަހަރުން މަތީގެ މީހުންގެ އިތުރުން ޑައިލަސިސް ހަދާ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުރި އުމުރުން ތިން އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދެވޭނެ ކަމަށް އޭޑީކޭ އިން ބުނެ އެވެ.

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އިންފްލުއެންޒާ އެޗްވަންއެންވަން އަށް 169 މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް