ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 18:31
ފިޓްޒޯން
ފިޓްޒޯން
ރާއްޖެއެމްވީ
ފިޓްޒޯން
ފިޓްޒޯން އިން ހިލޭ ކްލާސްތަކެއް ފަށައިފި
ކްލާސްތައް ކުރިއަށް ގެންދާނީ 26 ޖެނުއަރީ އިން ފެށިގެން 31 ޖެނުއަރީގެ ނިޔަލަށް
މި ފެށޭ ފެބްރުއަރީ މަހުގެ 10 ގެ ނިޔަލަށް ޕްރޮމޯޝަނެއް ވަނީ ހުޅުވާލާފައި
ކްލާސްތައް ބުކް ކުރަން ބޭނުންވާނަމަ 3352030 އަށް ގުޅުމަށް އެދޭ

ފިޓްޒޯން ސްޓޫޑިއޯ އިން ޢާންމުންނަށް ހިލޭ ކަސްރަތު ކްލާސްތަކެއް ފަށައިފި އެވެ.

މި ކްލާސްތައް ކުރިއަށް ގެންދާނީ 26 ޖެނުއަރީ އިން ފެށިގެން 31 ޖެނުއަރީގެ ނިޔަލަށެވެ.

ކްލާސްތަކުގެ ތެރޭގައި ހިމެނެނީ ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިންގ، ސްޓްރޯންގް ބައި ޒުމްބާ، ޒުމްބާ ޕައުންޑް އަދި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފްކުރި ބޮމްބޭ ޖޭމް އެވެ.

ބޮމްބޭ ޖޭމް އަކީ ހިންދީ ބޮލީވުޑް ލަވަތަކެއް ހިމެނޭގޮތަށް ދިވެހިން ގަޔާވާނެހެން ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މި ހަފުތާގައި ކުރިއަށްދާ މި ކްލާސްތަކަކީ އަލަށް ކަސްރަތު ކުރަން ފަށާ ފަރާތްތަކަސް ތަޖުރިބާ ކޮށްލުމަށް ހުޅުވޭ ރަނގަޅު ފުރުޞަތެއް ކަމަށް ފިޓްޒޯނުން ބުނެއެވެ. ފިޓްޒޯނުން އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ކުރިއަށްގެންދާ ކްލާސްތަކަށް ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ލިބެމުން ކަމަށް ފިޓްޒޯންއިން މަޢުލޫމާތު ދެއެވެ.

ފިޓްޒޯނުން ވަނީ މި ފެށޭ ފެބްރުއަރީ މަހުގެ 10 ގެ ނިޔަލަށް ޕްރޮމޯޝަނެއްވެސް ހުޅުވާލާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ރެޖިސްޓްރޭޝަން ފީއަކާ ނުލާ 950 ރުފިޔާއަށް ޖިމް އަށް ނުވަތަ ކްލާސްތަކަށް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އަންލިމިޓެޑް ކްލާސް އަދި ޖިމް ޕެކޭޖް 1100 ރުފިޔާއަށް ލިބިގެންދާނެއެވެ.

ކްލާސްތައް ބުކް ކުރަން ބޭނުންވާނަމަ 3352030 އަށް ގުޅުމަށް ފިޓްޒޯން އިން އެދެއެވެ.

- ކޮމެންޓް