Advertisement
ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 12:59
ކެނަރީފް ރިސޯޓް
ކެނަރީފް ރިސޯޓް
ގޫގުލް
ފަތުރުވެރިއަކު މަރުވުން
ކެނަރީފް ރިސޯޓުގައި އިޓަލީ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެ
މަރުވެފައިވަނީ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް
މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:08 ހާއިރު
ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެނިފައި ނުވޭ

އައްޑޫ އަތޮޅުގައި އޮންނަ ކެނަރީފް ރިސޯޓުން، އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:08 ހާއިރު ކަމަށާއި، މަރުވެފައިވަނީ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

Advertisement

ފުލުހުން އިތުރަށް ބުނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެނިފައި ނުވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނުމާއި ގުޅިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ވަނީ މަރު ކަށަވަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް