ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 07:14
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
އެއަރޕޯޓް ޓާރމިނަލް އޭރިޔާގައިވާ ފަސިންޖަރުން ސްކްރީންކުރާ ތަނުގައި ބެހެއްޓިފައިވާ ތާމަލް ކެމެރާ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު އަދި ރާއްޖެއިން ނުފެނޭ: އެޗްޕީއޭ
ޕޯޓުތަކުގައި ނޮވެލް ކޮރޯނާވައިރަސް އަށް ސްކްރީން ކުރެވެމުންދޭ
މިހާތަނަށް ޗައިނާއިން 850 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވޭ
ޗައިނާއިން މިދުވަސްވަރު ފެންނަ ގޮތްނޭންގޭ ބައްޔަކީ ކޮރޯނާ ވައިރަސް އިން ޖެހޭ ބައްޔެއް

ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައިނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ޕޯޓުތަކުގައި ނޮވެލް ކޮރޯނާވައިރަސް އަށް ސްކްރީން ކުރެވެމުންދާ ކަމަށެވެ. މީގެއިތުރުން އެއަރޕޯޓް ޓަރމިނަލް އޭރިޔާގައި ފަސިންޖަރުން ސްކްރީންކުރާ ތާނގައި ތާމަލް ކެމެރާ ބެހިއްޓިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޗައިނާއިން މިދުވަސްވަރު ފެންނަ ގޮތްނޭންގޭ ބައްޔަކީ ކޮރޯނާ ވައިރަސް އިން ޖެހޭ ބައްޔެކެވެ. މިއީ އަލަށް ފެނިފައިވާ ވައިރަސް އަކަށްވާއިރު މިބައްޔަށް އަދި މިހާތަނަށް ވެކްސިނެއް ހޯދިފައެއް ނުވެއެވެ. މިބަލި އާންމުކޮށް ފެތުރެނީ ކެއްސާ، ކިނބިހި އަޅައިގެންނެވެ.

މިހާތަނަށް ޗައިނާއިން 850 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި 26 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ވެސް ޗައިނާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގައި މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސް އިން 12 މީހަކު މަރުވެފައިވާ އިރު އެހެނިހެން ސިޓީތަކުން 13 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ކްރޯނާވައިރަސް ބަލި ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑް، ސައުތު ކޮރެއާ، އެމެރިކާ، ފްރާންސް، ނޭޕާލް، ސިންގަޕޫރު، މެލޭޝިއާ އަދި އިންޑިއާ ހިމެނެއެވެ.

- ކޮމެންޓް