ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 20:54
މާލޭ ސިޓީ ކައުންސިލް ވޯކްޝޮޕް ކުރިއަށްދަނީ
މާލޭ ސިޓީ ކައުންސިލް ވޯކްޝޮޕް ކުރިއަށްދަނީ
ޔޫސުފް ސޮފްވާން ރަޝީދު
މާލޭ ސިޓީ ކައުންސިލް
އެމްޑީޕީ "މާލޭ ސިޓީ ކައުންސިލް ވަރކްޝޮޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 3:30 އަށް
މިއަހަރުގެ ބަޖެޓް ބޭނުންކުރާނެ ގޮތާއިމެދު ވަނީ މަޝްވަރާކޮށްފައި
މަޝްވަރާ ތަކަށްފަހު ހުށަހަޅާ ކަންކަން ދާނީ އެމްޑީޕީން ނެރޭ މެނިފެސްޓޯއަށް

އެމްޑީޕީން އިންތިޒާމުކޮށްގެން މާލެ ސިޓީގައި ކުރިއަށް ގެންދިޔަ މާލެ ސިޓީ ކައުންސިލް ވަރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު 9:30 އިން މެންދުރު ފަހު 3:30 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ވަރކްޝޮޕްގައި މާލޭގެ ދާއިރާ ތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ކައުންސެލަރުންނާއި، ކެނޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ކެމްޕޭން ޓީމުތަކާއި، ޤައުމީ މަޖިލިސް މެންބަރުންނާއި، ޕާޓީގެ ލީޑަރޝިޕާއި، ،ޑަބްލިއު ޑީ ސީގެ މެންބަރުންވަނީ ބައިވެރިވެފައެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ގްރޫޕުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ވަރކްޝޮޕްގައި މަޝްވަރާކޮށްފައިވަނީ މާލެ ސިޓީ ސާފުތާހިރު ކުރާނެ ގޮތާއި، މާލެ ސިޓީ ރައްކާތެރި ސިޓީއަކަށް ހެދުމާއި ، އިތުރަށް އާމްދަނީ އާއި ވަޒީފާ ހޯދާނެ ގޮތާއި ، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތްތަކާއި، މާލޭގެ މަގުތައް ތަަރައްޤީކުރާނެ ގޮތްގޮތާއި ، ޕާކުތައް ހަދާނެ ގޮތްތަކާއި ، ހުސްޖާގަ ހަދާނެ ގޮތްގޮތްތައް އަދި މުނިފޫހި ފިލުވުމަށް ކުރާނެ ކަންކަމާމެދުގައި ކަމަށެވެ.

މީގެއިތުރުން 2020 ވަނަ އަހަރުގެ ބަޖެޓު ބޭނުންކުރާނެ ގޮތާއި ކުރިއަށް ފަސް އަހަރަށް އިންތިޚާބުކުރާ މާލެ ސިޓީ ކައުންސިލުން މާލެއަށް ފޯރުކޮށްދޭނެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި ކޮންފަރެންސްގައި މަޝްރޫޢުތައް ހިންގާނެ ލަނޑުދަނޑިތަކަށާއި ސުންގަޑިތަކާމެދުވެސް ވަނީ މަޝްވަރާ ކޮށްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

މަޝްވަރާ ނިމޭއިރު ރައީސް ސޯލިހުގެ މެނިފެސްޓޯ އާއި އެމްޑީޕީގެ އެޖެންޑާ 19 ރަށްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ މެނިފެސްޓޯއާއި އަދި ލޯކަލް ކައުންސިލަށް ނުކުންނަ މެނިފެސްޓޯއާއި ހުރިހާ މެނިފެސްޓޯއެއް އޮންނާނީ ސްޓްރީމްލައިން ވެފައި. މާލޭ ރަށްވެހިންނަށް މާލޭގައި އަދި މާޅެގައި ދިރިއުޅޭ ރަށްވެހިންނަށް މާލޭ އިތުރަށް ހިތްގައިމުކޮށްދޭން ހިތްހަމަޖެހޭ ތަނަކަށް ހަދަން ފޯރުކޮށްދޭނީ ކިހިނެތްތޯ މަޝްވަރާ މި ކުރަނީ
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

މި މަޝްވަރާ ތަކަށްފަހު ހުށަހަޅާ ކަންކަން ދާނީ އެމްޑީޕީން ނެރޭ މެނިފެސްޓޯއަށް ކަމަށް އީވާ ވިދާޅުވިއެވެ.

- ކޮމެންޓް