Advertisement
ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 18:06
ޑްރީމް ލޭންޑް ރިސޯޓް
ޑްރީމް ލޭންޑް ރިސޯޓް
އަގޯޑާ
ޕޮލިސް
ޑްރީމްލޭންޑް ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ގެނބިގެން މަރުވެފައިވަނީ 67 އަހަރުގެ ޗައިނާ ފަތުރުވެރިއެއް

ބ. އަތޮޅުގައި އޮންނަ ޑްރީމްލޭންޑް ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ މޫދަށް އެރިއުޅުމުގެ ތެރޭގައި މަރުވެފައިވަނީ 67 އަހަރުގެ ޗައިނާގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާ ދަރަވަންދޫ ޞިއްޙީ މަރުކަޒަށް ހޮނިހިރު ދުވަހުގެ ހަވީރު 3:21 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފަތުރުވެރިޔާ ގެނބިގެން މަރުވި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް