Advertisement
ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 12:31
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޔޫސުފް ސޮފްވާން ރަޝީދު
އެޖެންޑާ 19 ރަށަށް
އެމްޑީޕީއަށް ފާޑު ކިޔާނީވެސް އެމްޑީޕީ މެމްބަރުން، ޕާޓީ ހަމަ މަގަށް އަޅުވާނީވެސް ޕާޓީ މެމްބަރުން: މާރިޔާ
ޕާޓީގެ ސައިޒު ފެނިގެންދާނީ ކެމްޕޭނު ފެށުމުން: މާރިޔާ
އެމްޑީޕީގެ އޮޕޮޒިޝަން އަކީވެސް އެމްޑީޕީ
ވޯކްޝޮޕް ގައި ކަރުދާސްތަކެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައި

ރާއްޖެ ހަމަ މަގަށް އަޅުވަން އެމްޑީޕީ ފިޔަވާ އެހެން ބަޔަކު ބޭނުންނުވާ ކަަމަށާއި، އެމްޑީޕީގެ އެތެރޭގެ ކަންތައްތަކަށް ފާޑުކިޔައި، ޕާޓީ ހަމަޔަކަށް އަޅުވާނީވެސް އެމްޑީޕީ މެމްބަރުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ''އެޖެންޑާ 19 ރަށަށް'' މާލެގައި ފެށި ވޯކްޝޮޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ، އެ ޕާޓީގެ ސައިޒުގައި ފެނިގެންދަނީ ކެމްޕޭނެއް ކުރިމަތިވުމުން ނުވަތަ ކެމްޕޭނުގެ ފޯރި ހިފުމުން ކަމަށެވެ. އެހެން ނޫންނަމަ އެމްޑީޕީން މީހާ ޕާޓީ ރަމްޒުކޮށްދޭ ގޮތުގައި ފެނިގެން ނުގޮސްފާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ އެމްޑީޕީއަކީ ކެމްޕޭނުގެ ފޯރިގައި ރައްޔިތުންނަށް ހެޔޮހިތުން ނިކުންނަ ބައެއް ކަމަށެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާސަންގެ މަގާމު އަދާކުރައްްވާފައިވާ މާރިޔާ ވިދާޅުވީ، އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، ހަމައެއާއިއެކު އެ ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުން ދަނީ އެމްޑީޕީގެ އޮޕޮޒިޝަންއަކީ ވެސް އެމްޑީޕީ ކަމަށެވެ. މާރިޔާ ވިދާޅުވީ ގޮތުގައި، އެމްޑީޕީ މީހުން އެމްޑީޕީ އަށް ފާޑުކިޔާނެއެވެ. އެމްޑީޕީ ހަމަޔަކަށް އަޅުވާނީވެސް އެމްޑީޕީ މެމްބަރުން ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން އެހެން ގޮތަކަށް ބުނާނަމަ އެ ބުނަނީ ތިމަންނާމެން ގައުމު ހަމަޔަކަށް އަޅުވާކަށް އިތުރު ބަޔަކު ބޭނުމެއް ނުވެޔޭ.
މާރިޔާ އަހުމަދު ދީދީ ~ އެމްޑީޕީގެ ޗެއަރޕަސަން

ދަރުބާރުގޭގައި ބާއްވާ ވޯކްޝޮޕްގައި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން މާލެ ސިޓީ ދާއިރާ އަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ބައިވެރިވެއެވެ.

ހެނދުނު ނުވަޔަކުން ފެށިގެން 18 ރަށެއްގައި އެއްގަޑިއެއްގައި ކުރިޔަށް ގެންދާ ވޯކްޝޮޕްގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ އައްޑޫ ސީޓީގައި ކުރިޔަށްދާ ވޯކްޝޮޕް ގައެވެ. އެމްޑީޕީން ބުނީ، މި ވޯކްޝޮޕްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލުގެންނާނެ ގޮތުގެ ކަރުދާހެއް އެކުލަވައިލަވައިލެވޭނެ ކަމަށެވެ. އަދި ވޯކްޝޮޕްގައި ރާވާ މަޝްރޫއުތަކުން އެތައް ވަޒީފާތަކެއް އުފެދިގެން އަންނާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އޮންނާނީ މި ހިނގާ މަހުގެ 31 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ޖެނުއަރީ 2020 | ހޮނިހިރު 18:13
ދޮނާ
އަލްހާނު ފަހުމީ ވެސް ބޭރުކޮއްލީ ތިހެން ފާޑުކިޔައިގެން. ތީ ޑިމޮކްރަސީގެ ކަންފުޅެއްވެސް އޮތް ޕާޓީއެއްނޫން.