ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 11:07
ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން އިފްތިހާހް ކުރުން
ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން އިފްތިހާހް ކުރުން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން އިފްތިހާހް ކޮށްފި
މިއީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެއް
ބޭނުމަކީ ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުން
މި ޑޮކިއުމަންޓްރީގައި ޖުމްލަ 41 އެޕިސޯޑް ހިމެނޭނެ

އެމްއެމްޕީއާރްސީ އާއި ޤާ ޓު ސީނު ގުޅިގެން ގެނެސްދޭ "ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު" ޓްރެވަލް ޑޮކިއުމަންޓްރީގެ ފުރަތަމަ ސީޒަން އިފްތިހާހް ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައި ޑޮކިއުމަންޓްރީ ވީލޮގް "ވިޒިޓް މޯލްޑިސް ފްރޮމް ހާ ޓު ސީން" އިފްތިތާހް ކޮށްފައިވާއިރު، މިއީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެކެވެ.

އެމްއެމްޕީއާރްސީން ބުނީ، އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ގެނެސްދޭ މި ޓްރެވަލް ޑޮކިއުމަންޓްރީއަކީ ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީލޮގެއް ކަމަށެވެ. އަދި މި ލޮގުގައި ދައްކައިދޭނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ރަށްފުށުގެ ދިރިއުޅުން ކަމަށްވެސް ބުނެފައިވެއެވެ.

މި ވީލޮގް ނެގުމަށްޓަކައި ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކުރާ މި ދަތުރުގެ ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތައް އޮންނަ ގޮތާއި ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުން ކަމަށް އެމްއެޕްޕީއާރްސީން ބުނެއެވެ. އެގޮތުން ވީލޮގްގެ ފުރަތަމަ ސީޒަންގައި ދެއްކުމަށް ހަމަ ޖެހިފައިވަނީ ހއ. ހދ އަދި ލ އަތޮޅުގެ ރަށްތަކެވެ.

ޖުމްލަ 41 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ މި ސީޒަންގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، ދަތުރު ކުރިއަށްދާއިރު ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓް ކުރެވެމުންދާނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ، 2020 ގެ ޑެސްޓިނޭޝަން މާކެޓިން ސިޔާސަތުގެ މައިގަނޑު އަމާޒެއްގެ ގޮތުން ރާއްޖޭގެ ރަށްތައް މެދުވެރިކޮށް ވަކި ހާއްސަ ސެގްމެންޓް އެއްގެ ގޮތުގައި ދިވެހި ސަޤާފަތް ޕްރޮމޯޓް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުކަމުގެ ސިނާއަތުގެ އެންމެ ކާމިޔާބު އަހަރުކަން ބަޔާންކޮށް އެމްއެމްޕީއާރްސީން ބުނީ، ސަރުކާރުން ކަނޑައެދި 1.5 މިލިއަންފަތުރުވެރިންގެ އަމާޒު ލަފާކުރި ތާރީހުގެ 33 ދުވަސްކުރިން ހާސިލްކުރެވުނުއިރު، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށްރާއްޖެ ވަނީ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ 2013 ވަނަ އަހަރާއި އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.

- ކޮމެންޓް
25 ޖެނުއަރީ 2020 | ހޮނިހިރު 11:41
125ގދ
ކޮންމެ ކަމެއްވެސް އިހްލާސްތެރިކަމާއެކު ކޮށްފިނަމަ ، އޭގެ ފައިދާ އެންމެނަށް ކުރާނެކަން ޔަގީން.. އެކަމަކު ތި އެޕިސޯޑްތައް ނިމޭއިރު ތިތާ ތިއުޅޭ ކޮންމެ މީހަކު ގެސްޓްހައިސްއެއް އެޅީމާ އެކަމާ ސުވާލު އުފެދޭނެ.. އެކަމަކު މި ރާއްޖެއަކު އެ މައްސަލައެއް ނުވެސް ބެލޭނެ.. ދިސް އިސް ސަނީ ސައިޑް އޮފް ލައިފް.. އިރުގެ އައްޔަށް ނިކުންނަ އިރަށް ޑޮކިއުމަންޓްސްތައް ވިރޭނެ.. އެހެންވެ ޝަރީއަތަށް ސާބިތެއް ނުވާނެ..