Advertisement
ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 21:45
ރައީސް ނަޝީދު އަށް މަރުހަބާ ކިޔަނީ
ރައީސް ނަޝީދު އަށް މަރުހަބާ ކިޔަނީ
ރާއްޖެއެމްވީ
އެޖެންޑާ19ރަށަށް
އެޖެންޑާ 19 ރަށަށް: ރައީސް ނަޝީދު އައްޑޫ ސިޓީއަށް!
އައްޑޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފަ
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ސެމިނަރ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫގެ ރައްޔިތުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Advertisement

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން މި ކުރާ ދަތުރުގައި ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ސެމިނަރ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނަރ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ސެމިނަރ ނިމޭނެ ކަމަށް ލަފާ ކުރެވެނީ އެ ދުވަހުގެ ހަވީރު 17:00 ގައެވެ.

މި ސެމިނަރގައި ކުރިޔަށް އޮތްތަނުގައި ކައުންސިލްތަކަށް ހިންގޭނެ މަޝްރޫއުތަށް ދެނެގަނެވޭނެ ކަމަށް އެމްޑީޕީން ވަނީ މީގެ ކުރިން ބުނެފައެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތަށް ފެށީ ތިލަދުންމަތިންނެވެ. ތިލަދުންމަތީ ދަތުރަށްފަހު، ބުރާސްފަތި ދުވަހު އެމްޑީޕީން ވަނީ މުޅި ރާއްޖޭގައި ކެމްޕޭނު ހަރަކާތްތައް ފަށާފައެވެ. އެގޮތުން ޕާޓީގެ މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވަނީ، ހުކުރު ދުވަހު ރަށްރަށަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް