ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 17:16
މީޑިއާނެޓުގެ އޮފީސް
މީޑިއާނެޓުގެ އޮފީސް
ރާއްޖެއެމްވީ
މީޑިއާނެޓު
އެނުއަލް ގްރެމީ އެވޯޑުސް މީޑިއާނެޓުން ވަގުތުން ދައްކާނެ
ވަގުތުން ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު

62 ވަނަ އެނުއަލް ގްރެމީ އެވޯޑުސް މީޑިއާނެޓުން ވަގުތުން ދައްކާނެކަމަށް މީޑިއާނެޓުގެ މަރކެޓިންގ ޑިޕާޓްމެންޓުން ބުނެފިއެވެ.

މީޑިއާނެޓުގެ ޕީއާރު އެންޑް މަރކެޓިންގ އެގްޒެކެޓިވް ޝުވޭކާ ޝަރީފް ވިދާޅުވީ މި އެވޯޑު ހަފުލާ ވަގުތުން ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ފަތިހު 06:00 ޖަހާއިރު ކަމަށެވެ. އަދި މި އެވޯޑު ހަފުލާގެ ރިޕީޓް، ހަމަ އެ ދުވަހުގެ ހަވީރު 17:00 ޖަހާއިރު ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި އެވޯޑު ހަފުލާ ފެނިގެންދާނީ ޗެނަލް ނަންބަރު 810 އިންނެވެ. އެއީ ފޮކްސް ލައިފް އެޗްޑީ ޗެނަލެވެ.

މި އެވޯޑު ހަފުލާ ހުށަހަޅާނީ 15 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އެލީޝާ ކީސްއެވެ.

ގްރެމީ އެވޯޑަކީ މިއުޒިކް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑަށްވާއިރު، މި އަހަރުގެ ހަފްލާގައި 84 ކެޓަގަރީއަކަށް އިނާމް ދެވޭނެއެވެ.

ޝުވޭކާ ވިދާޅުވީ މީޑިއާނެޓްގެ ފެމެލީ ޕްލަސް ޕެކޭޖުގެ ދަށުން މި އެވޯޑު ހަފްލާ އެޗްޑީ ކޮލެޓީގައި ބެލޭނެ ކަމަށެވެ.

- ކޮމެންޓް