Advertisement
ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 08:45
ށ. ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ތައްޔާރުކޮށްފައި
ށ. ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ތައްޔާރުކޮށްފައި
ށ.ފުނަދޫ
ށ. ފުނަދޫ އެއަރޕޯޓް
ށ. ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އެއާޕޯރޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ 1 ފެބްރުއަރީގައި
ފުރަތަމަ ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ
މާރޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެ

1 ފެބްރުއަރީގައި ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ ށ. ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ 7:20 ގައި ށ. ފުނަދޫ އެއަރޕޯޓް ސަރަހައްދުގައި ބާއްވާފައިވާއިރު، ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫ އެއަރޕޯޓްގައި ޖެއްސުމަށް މާލެއިން ފުރާފައިވަނީ 7:00 ގައެވެ. އަދި ފުނަދޫ އެއަރޕޯޓަށް ފްލައިޓް ޖައްސާފައިވަނީ 7:45 ގައެވެ.

Advertisement

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންއިން ބުނީ، ފެބްރުއަރީ 1 އިން ފެށިގެން ރަސްމީކޮށް އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށެވެ. އޭގެއިތުރުން، މާރޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެންދާނެކަމަށް އުންމީދު ކުރެވޭކަމަށްވެސް ޓްރާންސްޕޯރޓް މިނިސްޓްރީން ބުނެއެވެ.

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ފުނަދޫ އެއާޕޯޓު އެޅުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ.

އެއެއާޕޯޓުގައި އަޅާ ރަންވޭގެ ދިގު މިނުގައި 1200 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް