Advertisement
ކ. މާލެ
|
24 ޖެނުއަރީ 2020 | ހުކުރު 09:37
ޒޯރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޒޯރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ކެމްޕޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް
ކޮރަޕްޝަން އިންޑެކްސް: ރާއްޖެ ހަ ދަރަޖަ ފަހަތަށް!
29 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 130 ވަނައިގައި
ރިޕޯޓް ނެރެފައިވަނީ ތިން މަސްދަރަަކަށް ރިޔާއަތް ކޮށްފައި
ސިޔާސީ ކަންކަމުގައި ފައިސާ ބޭނުންކުރާ މިންވަރު ކޮންޓްރޯލްކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ފަރާތުން، ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރި ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއަށް ލިބުނު ޕޮއިންޓް ދަށްވެ، ހަ ދަރަޖަ ފަހަތަށް ޖެހިލައިފިއެވެ.

2019 ވަނަ އަހަރުގެ ސީޕީއައި އިން ދައްކާގޮތުގައި އެންމެ 29 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 130 ވަނައިގައެވެ. 2018 ވަނަ އަހަރުގެ ސީ.ޕީ.އައިގެ ނަތީޖާއާ އަޅާ ބަލާއިރު މިއަހަރު ރާއްޖެ މިވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށްބަލާއިރު 6 ދަރަޖަ ވެއްޓިފައެވެ.

Advertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، 2019 ވަނަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށްޓަކައި ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގްވާމީ ތިންމަސްދަރަކަށެވެ. އެއީ، ގައުމުތަކުގެ ހިރާސް މިނާ މިންވަރު ދެނެގަންނަ ދިރާސާ، ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީގެ ހާލަތު މައުނަވީގޮތެއްގައި އޮތް މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ވެރައިޓީޒް އޮފް ޑިމޮކްރަސީޕްރޮޖެކްޓް އަދި ވަރލްޑް ބޭންކުން ގައުމުތަކުގެ ސިޔާސަތުތަކާއި މުއައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވަރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓެވެ. މިހުރިހާ މަސްދަރަކުންވެސް މަޢުލޫމާތު ހޯދާފައިވަނީ 2018 ވަނަ އަހަރުއެވެ.

މިއަހަރުގެ ސީޕީއައިގައި ވާ މައުލޫމާތުތަކުގެ ތަފްސީލަށް ބަލާލުމުން އެނގިގެންދަނީ ސިޔާސީ ހަރަކާތްތަކާއި، ފައިސާއާއި ކޮރަޕްޝަނާ ހުރިގުޅުންކަމަށް ޓްރާންސްޕޭރެންސީ ބުންޏެވެ. އެގޮތުން ސިޔާސީ ކެންޕެއިންތަކުގައި ފައިސާ ހަރަދުކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގާނޫނުތަކުގެ ސަބަބުންކުރާ އަސަރުތަކާއި، ސިޔާސީ ބާރާއި އިންތިހާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ފޯރަމުންދާ މިންވަރުވެސް މި ދިރާސާގެ ހޯދުންތަކުން ހާމަވެއެެވެ.

މި ދިރާސާގެ ހޯދުންތަކާ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީ އަށަގަނެފާވާ މިންވަރު ހާމަކުރާ ތަފާސް ހިސާބުތަކާ އަޅާ ބަލާލުމުން އެނގިގެން ދަނީ ކެމްޕެއިންތަކުގައި ފައިސާ ހަރުދަނާކުރާނެ ގޮތުގެ ހަރުދަނާ އުސޫލުތައް ގާނޫނުގައި ލިޔެވި، ރަނގަޅަށް ތަންފީޒުކުރެވޭ، ހާމަކަމާ އެންމެންގެ ބައިވެރިވުމާ އެކު ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ ސަގާފަތް ހަރުލާފައިވާ ގައުމުތަކުގައި، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތައް މާބޮޑަށްވެސް ކާމިޔާބުކަމުގައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް

ދިވެހިރާއްޖެ ފަދަ ވޯޓުގަތުމުގެ އަމަލުތައް ގިނަ، ކެމްޕެއިން ފައިސާ ހަރަދުކުރުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅިފައިނުވާ ގައުމުތައް ސީ.ޕީ.އައިގައި ފެނިގެންދަނީ ވަރަށް ދަށުންކަން ޓްރާންސްޕޭރެންސީ އޮފްދަ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

އެ ޖަމްއިއްޔާއިން ވަނީ، ސިޔާސީ ކަންކަމުގައި ފައިސާ ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް ފައިސާ ގިނައިން ހަރަދުކުރާ މުއްސަނދިން ސިޔާސީ ކަންކަމުގަިއ ނުފޫޒު ފޯރުވުން ހުއްޓުވުވުމަށާއި، ނުހަނގު މުއްސަނދިކަން ހުއްޓުވާ މަސްލަހަތު ފުށުއެރުން ކުޑަކުރުމަށްޓަކައި މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރަން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ޖެނުއަރީ 2020 | ހޮނިހިރު 09:00
އުތުރު ތަކުރުފާން
ރައްޔިތުންގެ ތެރެއިން ނޭގުމުގައިވާ މީހުން ވާ ވެއްދުމަށް މޮޅެތި ބަސްތަކާ ޖުމްލަތައް ހަދައިގެން ވެރިކަމަށް އާދެވިދާނެ، އެކަމަކު ވެރިކަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ޔަގީން. އިލްމާއި ހިލްމު ޤާބިލް މީހުން ވެރިކަމުގެ ނިޒާމުގައި މަދު ، އަދި ވަކިން ޙާއްސަކޮށް ތަޖުރިބާ