Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 22:31
ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ރަށު ރައްޔިތުން އަންނަނީ ތައްޔާރުވަމުން
ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ރަށު ރައްޔިތުން އަންނަނީ ތައްޔާރުވަމުން
ށ.ފުނަދޫ
ށ.ފުނަދޫ
ށ ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ފުނަދޫ ތައްޔާރުވަނީ
ފުނަދޫ އެއަރޕޯޓަށް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހެނދުނު 7:45 ގައި
ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތު ފުނަދޫ އެއަރޕޯޓް ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި
ފުނަދޫ އެއަރޕޯޓަށް ޝެޑިޔުލް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު

ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.

ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތު ށ. ފުނަދޫ އެއަރޕޯޓް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 7:20 ގައި ކަމަށް ފުނަދޫ ކައުންސިލުން ބުނެއެވެ.

Advertisement

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫ އެއަރޕޯޓްގައި ޖެއްސުމަށް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ 7:00 ގައެވެ. އަދި ފުނަދޫ އެއަރޕޯޓަށް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ 7:45 ގައެވެ.

ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ރަށު ރައްޔިތުން ވަމުންދާ ތައްޔާރީތައް

ފުނަދޫ އެއަރޕޯޓަށް ޝެޑިޔުލް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އަނެއްކޮޅުން ޓެސްޓް ފްލައިޓް ހުކުރު ދުވަހު ޖެއްސުމަށް ހަމަޖެހިފައިވާއިރު މުޅި ފުނަދޫ އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެއަރޕޯޓް ހުންނަ ސަރަހައްދު ސާފުކޮށް އެސަރަހައްދުގައި ޤައުމީ ދިދަ ޖެހުމުގެ ކަންކަން އެރަށުގެ ރައްޔިތުން އަންނަނީ ފޯރިއާއެކު ކުރަމުންނެވެ.

ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ރަށު ރައްޔިތުން ވަމުންދާ ތައްޔާރީތައް

އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓް ހެދުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ފުނަދޫ އެއާޕޯޓު އެޅުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. އެއެއާޕޯޓުގައި އަޅާ ރަންވޭގެ ދިގު މިނުގައި 1200 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުގެ ރަސްމިއްޔާތަށް ރަށު ރައްޔިތުން ވަމުންދާ ތައްޔާރީތައް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް