ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 20:53
ރައީސް މާޒިނާއާ ބައްދަލުކުރައްވާ ސްކޮލަރޝިޕްގެ ލިޔުން ވަނީ ހަވާލުކުރައްވާފައި
ރައީސް މާޒިނާއާ ބައްދަލުކުރައްވާ ސްކޮލަރޝިޕްގެ ލިޔުން ވަނީ ހަވާލުކުރައްވާފައި
ރައީސް އޮފީސް
ރައީސްގެ ސްކޮލަރޝިޕް
އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމަށް ރައީސްގެ ސްކޮލަރޝިޕް މާޒިނާއަށް
މާޒިނާއަކީ 2017 ވަނަ އަހަރު ޢަރަބިއްޔާ ސްކޫލުން ތަޢުލީމީ ގޮތުން އެއްވަނަ ދަރިވަރު
ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި
ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019 ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައި

2018 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ އަލްޙާފިޡާ މާޒިނާ ޢަބްދުއްރަޙީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބުރާސްފަތި ދުވަހު ބައްދަލުކުރައްވައި ސްކޮލރަޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު ދެއްވައިފި އެވެ.

މާޒިނާ ޢަބްދުއްރަޙީމާ ރައީސް ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މާޒިނާއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުރުން، މާޒިނާގެ މައިންބަފައިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުކުރެއްވުމުގައި މަޒީނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ވާހަކަފުޅު ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމު ހާސިލުކުރުމުގެ މަރުޙަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މާޒިނާ ޢަބްދުއްރަޙީމް މަތީ ތަޢުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ އުޞޫލުއްދީންގެ ރޮނގުން މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައެވެ.

މާޒިނާ ޢަބްދުއްރަޙީމް ތަޢުލީމީ ޙަޔާތް ފަށްޓާފައިވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 1ން 2007 ވަނަ އަހަރުއެވެ. ޝަހާދާ ސާނަވިއްޔާއާ ހަމަޔަށް ކިޔަވައި ނިންމާފައިވަނީވެސް ޢަރަބިއްޔާއިންނެވެ. ޝަހާދާ ސާނަވިއްޔާ އިމްތިޙާނުގައި ބައިވެރިވި 15 މާއްދާގެ ތެރެއިން 13 މާއްދާއިން އޭ ސްޓާރ އާއި، ދެ މާއްދާއިން އޭ ހޯދައި، މާޒިނާ ވަނީ [އިމްތިޔާޒް] ހާސިލުކޮށްފައެވެ. މި ނަތީޖާއާއެކު މާޒިނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިފައެވެ.

މާޒިނާއަކީ 2017 ވަނަ އަހަރު ޢަރަބިއްޔާ ސްކޫލުން ތަޢުލީމީ ގޮތުން އެއްވަނަ ދަރިވަރެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ގިނަ މުބާރާތްތަކުގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް މާޒިނާވަނީ ހޯދާފައެވެ. ޤުރްއާން ހިތުދަސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައެވެ. މާޒިނާއަކީ ޢަރަބިއްޔާ ސްކޫލްގެ އިތުރު ޙަރަކާތްތަކުގައިވެސް ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރެކެވެ.

- ކޮމެންޓް