Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 20:55
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ
ޔޫސުފް ސޮފްވާން ރަޝީދު
އިންފޮމޭޝަން ކޮމިޝަނަރ
އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލަނީ
މައުލޫމާތެއް ދިނުމާ މެދު ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އިންފޮމޭޝަން ކޮމިޝަނަރަށް އެކަން ހުށަހެޅުމުގެ ފުރުސަތު އޮވޭ
މައްސަލަ އަޑުއެހުމަށް އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުމުގެ ދަފްތަރުގައި ނޯޓްކޮށްގެން
މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނަން ނޯޓް ކުރާ ތަރުތީބުން

އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ގަވާއިދުގެ ދަށުން މައުލޫމާތު ހޯދުމާއި ހޯދައިދިނުމުގައި އަމަލުކުރާ މިއުސޫލު އާންމުކޮށްފައިވާއިރު، މިއަދުން ފެށިގެން މިއުސޫލަށް އަމަލުކުރަންޖެހެއެވެ.

އުސޫލުގައިވާ ގޮތުން މައުލޫމާތެއް ދިނުމާ މެދު ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އިންފޮމޭޝަން ކޮމިޝަނަރަށް އެކަން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވަން ޖެހެ އެވެ. މައްސަލަ ހިނގަމުންދާ ގޮތް އަޑުއެހުމަށްޓަކައި އާންމުންނަށް ވަދެވޭނީ މައްސަލަ އަޑުއަހަން ވަނުމުގެ ދަފްތަރުގައި ނޯޓްކޮށްގެންނެވެ. މާލަމަށް ވަނުމުގެ ހުއްދަ ދެވޭނީ ނަން ނޯޓް ކުރާ ތަރުތީބުންކަމަށްވާއިރު، ތަނުގައި ޖާގަ އޮތް މިންވަރަކުންނެވެ.

Advertisement

އުސޫލުގައިވާ ގޮތުން މައްސަލައިގެ އަޑުއެހުން ނިމޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި މައްސަލަ ހުށައެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް އެދިއްޖެނަމަ ރިޕޯޓުދޫކުރާނެއެވެ. އަދި މައްސަލަ ނިންމުމަށްފަހު އެރިޕޯޓް އައިކޮމް ވެބްސައިޓްއަށް އަރުވާނެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ގަވާއިދުގެ ދަށުން މައުލޫމާތު ހޯދުމާއި ހޯދައިދިނުމުގައި އަމަލުކުރާ މިއުސޫލުގެ މަގުސަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ގަވާއިދުގެ ދަށުން މައުލޫމާތު ހޯދާން އެދުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އަމަލުކުރާނޭ އިޖުރާއާތު ބަޔާންކޮށް، މައުލޫމާތު ހޯދާން އެދޭ ފަރާތްތަކާއި ދައުލަތުގެ އިދާރާތަކަށް އެކަންކަން އިތުރަށް ސާފުކޮށް އޮޅުންފުލުވައިދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް