Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 08:39
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން
މުހައްމަދު ޝަރުހާން
މީރާ ސިޔާސީވުން
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
ޤާނޫނާއި ޚިލާފުވި އޮފިސަރުން ވަކިވަކިން ޒިންމާ ނަގަންޖެހޭ
ވިލާ ކުންފުނީގެ އެސެޓްތައް ފްރީޒްކުރީ މަޖިލިސް ރައީސަށް އިތުބާރު ނެތް ކަމަށް ޖޭޕީން ހާމަ ކުރުމާއި ވިދިގެން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަޒާހަތްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ބުދަދުވަހުގެރޭ އަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީރާގެ ނަޒާހަތްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށާއި، ޤާނޫނާއި ޚިލާފުވި އޮފިސަރުން، އެކަމުގެ ޒިންމާ ވަކިވަކިން ނަގަން ޖެހޭނެ ކަމަށެވެ.

އަލީ ޙުސައިން މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ އެބޭފުޅާ ނިސްބަތްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ވިޔަފާރި ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ބުދަދުވަހު މީރާއިން ފްރީޒް ކޮށްފައި ވަނިކޮށެވެ.

މީރާގެ ޑިރެކްޓަރ ޖެނަރަލް – އެންފޯސްމަންޓް، ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް ބުދަދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޤާސިމް އިބްރާހިމްގެ ސިޔާސީ ފިކުރާއި ގުޅިގެން މީގެ ކުރިންވެސް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެފަހަރު ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ފްރީޒުކުރީ 2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމަށް ޤާސިމް ތާޢިދުކުރެއްވުމާ ވިދިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް