Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 18:54
ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް
ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް
ޓްވިޓަރ
ކުޑަކުދިންގެ ހިޔާ
ކުޑަކުދިން ހިޔާގެ އިސްވެރިޔާ ސަސްޕެންޑްކޮށްފި
މަސައްކަތުން އެކަހެރި ކުރީ ބުދަ ދުވަހު
ފިޔަވަޅު އެޅީ އެޗްއާރްސީއެމުން ބަލަމުންދާ މައްސަލައަކާ ގުޅިގެން
މައްސަލައިގެ އެއްވެސް ތަފްސީލެއް އަދި ނުލިބޭ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާ މަރުކަޒެއް ކަމަށްވާ، ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ އެތަނުގެ މަސައްކަތުން ދުރުކޮށްފިއެވެ.

ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ އަބްދުއްޝުކޫރު އަބްދުލް ހަކީމް، އެތަނުގެ މަސައްކަތުން އެކަހެރި ކުރީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ޖެންޑަރ މިނިސްޓްރީގެ އޮފިޝަލް ރާއްޖެޓީވީއަށް ވިދާޅުވީ އަބްދުއްޝުކޫރު ސަސްޕެންޑްކުރީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅީ އެކޮމިޝަނުގެ އެންގެވުމަކުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުގައި ހުންނެވި ޝުކުރޫ އެތަނުގެ މަސައްކަތުން އެކަހެރި ކުރި ނަމަވެސް އެޗްއާރްސީއެމުން ބަލާ މައްސަލައިގެ އެއްވެސް ތަފްސީލެއް އަދިއެއް ނުލިބެއެވެ.

އެޗްއާރްސީއެމުން ކުޑަކުދިންގެ ހިޔާއާ ގުޅޭ މައްސަލަތަކެއް ބަލަމުންދާއިރު، މިފަހަކުން ކުޑަކުދިންގެ ހިޔާއިން ކުދިން ފިލާ މައްސަލައާ، އެކުދިންނަށް އިހުމާލުވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް