Advertisement
ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 07:04
އަލްއުސްތާޛް ނާޘިމް ސައްތާރު
އަލްއުސްތާޛް ނާޘިމް ސައްތާރު
ޓްވިޓަރ
ނާޘިމް ސައްތާރު
ރީޓްވީޓެއް ކޮށްގެން ނާޘިމް ސައްތާރު ފުލުހަށް!
ރީޓްވީޓް ކޮށްފައިވަނީ އުއްތަމަ ކަމަނާ އާއި ގުޅޭ ޓްވީޓެއް

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން، ފާތުމަތު އިބްރާހިމް އާއި ގުޅޭ ޓްވީޓެއް ރީޓްވީޓް ކުރި މައްސަލައިގައި މަޝްޙޫރު ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ ޤާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ނާޒިމް، ބުދަދުވަހުގެ މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ، "ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިންގަޕޫރުން މާލެއަށް ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދަތުރުކުރާކަމަށްބުނެ، ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދީ، ޤަނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޮގު ރިޕޯޓްކޮށް، ރައްޔިތުންގެ މެދުގައި، ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު މަޢުލޫމާތު ފަތުރާ ކަމަށް" ތުޙުމަތުކޮށެވެ.

ނާޘިމްގެ މައްޗަށް މި ތުޙުމަތުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 521 އަދި 522 ވަނަ މާއްދާގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 521 ވަނަ މާއްދާގައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމާއި ގުޅޭ ކަންކަމެވެ. މި މާއްދާގައި ފާހަގަކޮށްފައިވަނީ، ހުވަޔާއި ނުލައި އެކިއެކި އިދާރާތަކަށް ލިޔުމުން ދޭ ދޮގު ބަޔާނުގެ ވާހަކައެވެ.

އަދި ޤާނޫނުލްޢުޤޫބާތުގެ 522 ވަނަ މައްދާގައި ވަނީ ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ދޮގު ރިޕޯޓް ހުށަހެޅުމާއި ބެހޭ ވާހަކަތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް