Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 15:23
ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ޕްރޮޖެކްޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ ޕްރޮޖެކްޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ހައުސިން
ިތިމަރަފުށީގައި އިމާރާތްކުރާ 100 ހައުންސިންގ ޔުނިޓ
ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢެއްގައި ސޮއިކޮށްފި
ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް
71،510،250ރ ގެ މަޝްރޫއުއެއް

ތ، ތިމަރަފުށީގައި ޑިޒައިން އެންޑް ބިލްޑް އުޞޫލުން 100 ހައުސިންގ ޔުނިޓު ޑިޒައިންކޮށް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޚާލިސް ޝަރީފެއެވެ. އެމަސައްކަތް ޙަވާލު ކުރެވުނު، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރެކެވެ.

Advertisement

މި މަޝްރޫޢަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ އަގަކީ 71،510،250ރ (ހަތްދިހަ އެއް މިލިއަން ފަސްލައްކަ ދިހަހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ތަފާތު އެކި މަޝްރޫޢުތައް ސަރުކާރުން ހިންގަމުންދާއިރު، މިއީ ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 ޖެނުއަރީ 2020 | ބުރާސްފަތި 15:42
21234
ތި ރަށުގަ ގާއިމުވެގެން ދިރިއުޅެނީ 1500 އެއްހާ މީހުން ލ. ގަން ކަހަލަ ތަންތަން ތަރައްޤީކޮއް ތަންކޮޅެއް ތަހުޒީބު ވެބަލަ