Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 13:02
ޕައިތަން ޕްރޮގްރާމިންގް ކޯހުގެ ތެރެއިން
ޕައިތަން ޕްރޮގްރާމިންގް ކޯހުގެ ތެރެއިން
އެމްއެމްއޭ
އެމްއެމްއޭ
ޕައިތަން ޕްރޮގްރާމިންގް ދަސްކޮށްދޭ ކޯހެއް އެމްއެމްއޭ އިން ފަށައިފި
ކޯސް އަމާޒުކޮށްފައި ވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް
ކޯހުގައި ވިހި ފަރާތަކުން ވަނީ ބައިވެރިވެފައިވޭ
ނުވަ ހަފްތާއަށް ކޯސް ކުރިއަށްދާނެ

ޒުވާނުންނަށް ޕައިތަން ޕްރޮގްރާމިން ލޭންގުއޭޖް ދަސްކޮށްދޭ ކުރު ކޯހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފިއެވެ.

'އިންޓްރަޑަކްޝަން ޓު ކޮމްޕިއުޓަރ ސައިންސް އެންޑް ޕްރޮގްރާމިން ޔޫސިން ޕައިތަން' ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯސް އަމާޒުކޮށްފައި ވަނީ މިދިޔަ އަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންންނަށެވެ. މި ކޯހުގައި ވިހި ފަރާތަކުން ވަނީ ބައިވެރިވެފައިވާ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

މި ކޯހުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މާލީ ނިޒާމުގެ ކުރިއެރުމާއި ޓެކްނޮލަޖީ އާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ގައުމީ ޕޭމެންޓް ނިޒާމެއް ގާއިމުކުރެވުމުން ޕްރޮގްރާމާސް އަށް އޮންނަ ޑިމާންޑް މިހާރަށްވުރެ އިތުރުވާނެ ކަން ފާހަގަކުރެއްވިއެވެ.

Advertisement

ގަވަރުނަރު ވިދާޅުވީ މި ކޯހު ލިބޭ މައުލޫމާތުގެ އަލީގައި ކޯހުގެ ބައިވެރިންގެ ޕްރޮބްލަމް ސޯލްވިން ސްކިލް ކުރިއަރާ ކަންކަމާއި މެދު ވިސްނާގޮތް ބަދަލުވާނެކަމަށެވެ.

ނުވަ ހަފްތާއަށް ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވާދެއްވާނީ އެމްއެމްއޭގެ ފަންނީ ބޭފުޅުން ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް