Advertisement
ކ. މާލެ
|
23 ޖެނުއަރީ 2020 | ބުރާސްފަތި 00:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ގުރައިދޫގެ ރައްޔިތުންނާއި ސަލާމްކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ގުރައިދޫގެ ރައްޔިތުންނާއި ސަލާމްކުރައްވަނީ
ޓްވިޓަރ
އެޖެންޑާ 19 ރަށަށް
ރައްޔިތުން އެދޭގޮތަށް ގުރައިދޫގެ ބޭރުގައި ކުޑަ ރަށެއް ހިއްކަދޭނަން: ރައީސް
ރައްޔިތުންނާއިއެކު މަޝްވަރާކުރެވި މިހާރު ވަނީ ބިން ހިއްކާނެ ގޮތުގެ ޗާޓް ކުރެހިފައި ކަމަށް ވިދާޅުވި
ބިން ހިކިގެންދާއިރު ސަހަރާއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި
އެންމެން އެކުގައި ނުކުމެ މި އިންތިޚާބު ކާމިޔާބު ކުރަންޖެހޭކަމަށް ވިދާޅުވި

ކ. ގުރައިދޫގެ ރައްޔިތުން އެދޭގޮތަށް ގުރައިދޫގެ ބިންހިއްކާ ސަރަހައްދުން ބޭރުގައި ކުޑަ ރަށެއް ހިއްކައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުރޭ ކ. ގުރައިދޫ އެމްޑީޕީ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކެމްޕޭންގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމަށް ދަތިވެފައިވާ ވާހަކަ ކަމަށެވެ. އެގޮތުން މިހާރު ވަނީ އެރަށުގެ ބިންހިއްކުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާ، އެކަމަށް ތައްޔާރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަށު ކައުންސިލާއި ރައްޔިތުންނާއިއެކު މަޝްވަރާ ކުރެވި މިހާރު ވަނީ ބިން ހިއްކާނެ ގޮތުގެ ޗާޓް ކުރެހިފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގުރައިދޫގެ ބިން ހިކިގެންދާއިރު ސަހަރާއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވާނެކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

Advertisement

މީގެއިތުރުން ގުރައިދޫގައި ރަނގަޅު ބީޗެއް ހައްދަވައިދެއްވާނެ ކަމަށާއި ބިންހިއްކާ ސަރަހައްދުން ބޭރުގައި ކުޑަ ރަށެއް ހިއްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭންކު ޚިދުމަތް ގުރައިދޫގައި މި އަހަރުތެރޭގައި ފެށިގެންދާނެ ކަމަށާއި، ސްކޫލްގެ އަށް ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތާއި، ސިއްޚީ މަރުކަޒު ރަނގަޅަށް ތަރައްޤީ ކުރެވި ޚިދުމަތް ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެދާއިރާގައި އޮތް އަނެއް ރަށް ކަމަށްވާ މާފުށީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ބިން ހިއްކާނިމޭއިރު މާފުށީ ރައްޔިތުން އެދޭ ގޮތަށް މާފުށީ ވަށް ވާގޮތަށް ހިއްކައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ލީކަލް ކައުންސިލް އިންތިޚާބު ކަމަށާއި އެންމެން އެކުގައި ނުކުމެ މި އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެކަންކަން ކުރެވޭނީ ސަރުކަރުން ވެފައިވާ ވައުދުތަކާއި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކާއި އެއްގޮތަށް މަސައްކަތްކުރާނެ ކައުންސިލްތަކެއް ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް